ހަބަރު

ރޯދަމަހު ފިހާރައާ ކެފޭގެ ގަޑިތައް އާންމުކޮށްފި

މި އަހަރުގެ ރޯދަމަހުގައި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ. މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މޭ މަހުގެ ހަވަނަ ދުވަހެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ރާއްޖޭގައި ރޭގަނޑު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ އެންމެ ދަން ވަންދެން ދަންވަރު 12:00 އާ ހަމައަށް ކަމަށެވެ.

އަދި ބުނެފައި ވަނީ ސައި ހޮޓާތަކާއި ރެސްޓޯރެންޓާއި ކެންޓީނު ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމުން އަލިވެ 3:00 ޖެހުމާ ހަމައަށް ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެގޮތަށް އަމަލުކުރުމަށް އެކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ސަރުކާރުން ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެންނަމުން ދެއެވެ.