ދުނިޔެ

ޓައިވާނުގެ ތިން ޓޫރިސްޓަކަށް ރާއްޖެއިން ޑެންގީ ޖެހިއްޖެ

ރާއްޖެއަށް ޒިޔާރަތްކުރި ޓައިވާނުގެ ތިން ޓުއަރިސްޓަކު އަނބުރާ ގައުމަށް ދިޔައިރު ޑެންގީ ހުން ޖެހިފައިވާ ކަމަށް އެ ގައުމުގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ހާމަކޮށްފި އެވެ.

ސީޑީސީ ގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ލޯ ޔީ-ޗުން ވިދާޅުވާ ގޮތުގައި ޑެންގީ ޖެހިފައިވާ ތިން މީހުންނަކީ މާޗް ފަހުކޮޅުން ފެށިގެން އޭޕްރިލްގެ ކުރީކޮޅާއި ދޭތެރޭ ދިވެހި ރާއްޖެއަށް ދަތުރުކުރި 110 މީހުންގެ ޓްއާ ގުރޫޕެއްގައި ހިމެނޭ ތިން މީހަކު ކަމަށެވެ.

މީގެ ތެރެއިން ދެ މީހަކު ރާއްޖޭގައި އުޅެނިކޮށް ބޮލުގަ ރިހި، ގައިގައި ރިއްސުމާއެކު ހުން އައުން ފަދަ ބަލީގެ އަލާމާތްތައް ފެނުނު ކަމަށާއި ތިންވަނަ މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވަނީ ޓައިވާނަށް ދިޔަ ފަހުން ކަމަށެވެ.

ޓައިވާންގައި ހެދި ޓެސްޓުތަކުން ވަނީ އެމީހުނަށް ޑެންގީ ޖެހިފައިވާ ކަން ޔަގީންވި ނަމަވެސް އެ މީހުންގެ ހާލު މިހާރު ރަނގަޅެވެ.

ޓައިވާން ގެ ސީޑީސީން ބުނެފައިވާ ގޮތުގައި އެހެން ގައުމުތަކުން މިހާތަނަށް އެގައުމުގެ 106 މީހުންނަށް ވަނީ ޑެންގީ ޖެހިފަ އެވެ.