ވިޔަފާރި

މާލެ ރީޖަންގެ ގެސްޓް ހައުސް ސެމިނާ ހޮނިހިރު ދުވަހު

Apr 18, 2019
1

ރާއްޖޭގެ ގެސްޓްހައުސްތަކަށް ބާއްވާ ސިލްސިލާ މާކެޓިން ސެމިނާތަކުގެ ތެރެއިން، މާލޭ ސަރަހައްދަށް ހާއްސަ ސެމިނާ ހޮނިހިރު ދުވަހު ފަށާނެ އެވެ.

އެމްއެމްޕީއާރްސީން މޯލްޑިވްސް ގެޓަވޭސްއާ ހަވާލުކޮށްގެން ބާއްވާ، މި ސެމިނާތައް ބާއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެނެވެ. ހޮނިހިރުގައި ފަށަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގެ ގެސްޓްހައުސް ތަކަށް ހާއްސަކޮށް ބާއްވާ ސެމިނާ އެވެ. މި ސެމިނާ އޮންނާނީ ސްޓެލްކޯގަ އެވެ.

ރާއްޖޭގެ 11 ސަރަހައްދެއްގައި އޮންނަ މި ސެމިނާތަކުގައި މިހާތަނަށް ހަ ރަށެއްގައި ބޭއްވާފައިވެ އެވެ. ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ މި ސެމިނާގައި ފައިސާ ބަލަހައްޓާނެ ގޮތާއި އޮންލައިން ސޯޝަލް މީޑިއާ މާކެޓިން އަދި ޓޫރިޒަމް އިންޑަސްޓްރީގެ ތަފާތު މައުލޫމާތުތަކާއި ޓޫރިޒަމް ޓްރެންޑްސް ފަދަ ގިނަ މައުލޫމާތު ތަކެއްދެ އެވެ.

ގެސްޓްހައުސް މާކެޓިން ސެމިނާތައް ބާއްވަނީ، އއ. ތޮއްޑޫ އާއި އއ. އުކުޅަސް އަދި ކ. މާފުއްޓާއި ވ. ތިނަދޫގެ އިތުރުން ބ. ދަރަވަންދޫ އާއި އދ. ދިގުރަށް އަދި އައްޑޫ ސިޓީ އާއި ތ. އަތޮޅުގެ އިތުރުން ހުޅުމާލޭގަ އެވެ.