މާފުށި

މާފުށީ ގޮނޑު ސާފުކޮށް، ކުނި ގެންގޮސްފި

Aug 20, 2022
މާފުށީ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ކައުންސިލް
0%
0%
0%

ކ. މާފުށިން ކުނި ނުގެންގޮސް ގިނަ ދުވަސްވެފައިވާ "މާފުށީ ބޮޑު ގޮނޑު" އެއްކޮށް ސާފުކޮށް ހުރިހާ ކުންޏެއް ތިލަފުއްޓަށް ގެންގޮސްފި އެވެ.

ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އަވަސް އަށް ވިދާޅުވީ މާފުށީ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުން މާފުށީގައި އޮތް ބޮޑު ގޮނޑު ސާފުކޮށް ކުނިތައް ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަަށެވެ.

"ވަރަށް ދުވަސްކޮށްފަ ގޮނޑު މި ހުސްކޮށްލެވުނީ. ވެމްކޯ އިން ވަނީ ކުނި ގޮނޑުން 900 މެޓްރިކް ޓަނުގެ ކުނި ގެންގޮސްފަ،" ސޮލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފުއްޓަކީ އާއްމު ރަށްތަކާ އަޅާބަލާއިރު އުފެދޭ ކުނީގެ މިންވަރު ގިނަ ރަށެއް ކަަމަަށެވެ.

"އަޅުގަނޑުމެން ރަފްލީ ހަދާލި ހިސާބަކުން ވެސް އެބަ ދައްކާ ދުވާލަކު ފަސް ޓަނާއި އަށް ޓަނުގެ ކުނި އުފެދޭ ކަމަށް. ޖަލަށް އެކަނި ބެލިނަމަވެސް 1500 މީހުންގެ އާބާދީއެއް އެބައޮތް،" ސޮލާހު ވިދާޅުވި އެވެ.

މާފުށީ ކައުންސިލުން ވަނީ އެ ރަށުގެ ކުނީގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފަ އެވެ. އަދި މިހާރު އޮތް ކުނީގެ މައްސަލަ ހައްލުކުރަން ކުނި ވަކިކޮށްގެން، ކުނި ނައްތާލާ ސަރަހައްދަށް ގެންދަން އިލްތިމާސްކޮށްފަ އެވެ.

މާފުއްޓަކީ 49 ގެސްޓްހައުސް ހުރި ރަށެކެވެ. އެ ރަށުގައި 738 ކޮޓަރި ހުރިއިރު 1600 އެނދު އެބަހުއްޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910