މާފުށި

މާފުށީ އެނދުގެ އަދަދު 1500 އިން މައްޗަށް

ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް ހުރި ކ. މާފުށީގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު 1،500 އަށްވުރެ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ރާއްޖޭގެ އެއް ރަށެއްގައި އެންމެ ގިނަ އެނދުހުރީ ކ. މާފުށީގަ އެވެ. އެ ރަށުގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު ވަނީ 1,544 އަށް އަރާފަ އެވެ.

މާފުށީގައި މިހާރު 44 ގެސްޓްހައުސްއެއް ހުޅުވާފައިވެ އެވެ.

އެ ރަށުގައި މި މަހު ވެސް ބޮޑު ހޮޓަލެއް ހުޅުވާފައިވެ އެވެ. ޓްރިޓަން ޕްރެސްޓީޖްގެ ނަމުގައި ހުޅުވި ބޮޑު މި ހޮޓަލުގައި ވެސް ޑުލެކްސް ރޫމް ހިމެނޭ ގޮތަށް 26 ކޮޓަރި ހުރެ އެވެ. މިތަނުގައި ޖަކޫޒީ އާއި ސުމިވިން ޕޫލް ވެސް ހުރެ އެވެ. މި ހޮޓަލަކީ އެ ރަށުގައި ހިންގާ ކާނި ގްރޭންޑް އާއި އެރީނާ ހޮޓާ ނެގުމަށަް ފަހު އެންމެ ބޮޑު އެއް ހޮޓަލެވެ.

މާފުއްޓާއި ގްރޭޓާ މާލެ ފިޔަވައި ދެން އެންމެ ގިނައިން އެނދު ހުރި ރަށަކީ އއ. އަތޮޑޫ އެވެ. އެ ރަށުގައި 578 އެނދު އެބަހުއްޓެވެ. އަދި މުޅި އއ. އަތޮޅުގައި ހުރި އެނދުގެ އަދަދަކީ 1,548 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު މުޅި ރާއްޖޭގައި އޮޕަރޭޝަނަށް ގެނެސްފައިވާ 607 ގެސްޓްހައުސްގައި ހުރި ކޮޓަރީގެ އަދަދު 11,826 އަށް އަރަ އެވެ.