ބުރުނި

ބުރުނީގައި ފުރަތަމަ ގެސްޓްހައުސް ހުޅުވައިިފި

Jan 7, 2022
1
ބުރުނީގައި ހުޅުވި ފުރަތަމަ ގެސްޓްހައުސް ބުރުނިވިލާއަށް ދިޔަ ޓޫރިސްޓުން -- ފޮޓޯ: ބުރުނިވިލާ
0%
0%
0%

އެކަހެރިކޮށް އޮންނަ ތ. ބުުރުނީގައި ހުޅުވި ވިލާބުރުނި ގެސްޓްހައުސްއާ އެކު އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށިއްޖެ އެވެ.

ކުރިން ރަސްމީ ސިފައެއްގައި ގެސްޓްހައުސްއެއް ނެތް، ތ. ބުރުނީގައި އިއްޔެ ވަނީ ފުރަތަމަ ގެސްޓްހައުސް ހުޅުވާފަ އެވެ.

އެ ރަށުގައި "ވިލާބުރުނި"ގެ ނަމުގައި ހުޅުވި މި ގެސްޓްހައުސްއަށް އައި ޓޫރިސްޓުންނަށް ރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

ބުރުނިވިލާ ހުޅުވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މިހާރު ރާއްޖޭގެ 611 ގެސްޓްހައުސްއެއްގައި 10,696 ކޮޓަރި އެބަހުއްޓެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910