ވިޔަފާރި

އޭސްގެ "އެންމެންގެ ރޯދަ ސޭލް" ގެ ދެވަނަ ސައިކަލު ދީފި

"އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި އޭސްހާޑްވެއަރ އަދި ކަލަރބޭންކް ގުޅިގެން ކުރިޔަށްގެންދާ ކޮންމެ 10 ދުވަހަކުން ސައިކަލެއްދޭ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރި ފަރާތާއި ސައިކަލު ހަވާލު ކޮށްފިއެވެ.

އޭސްހާޑްވެއަރ އަދި ކަލަރބޭންކް ގުޅިގެން ކުރިޔަށްގެންދާ ޕްރޮމޯޝަންގެ ދެވަނަ ސައިކަލުގެ ނަސީބު ވެރި ފަރާތަކަށް ހޮވިފައި ވަނީ މއ. ވަވަތި އައިޝަތް ސަމާ އެވެ. ސައިކަލު ހަވާލު ކޮށް ފައިވަނީ އިއްޔެ ހަވީރު ކަލަރ ބޭކް އޯކިޑް މަގު ފިހާރާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. މި ޕްރޮމޯޝަން ފެޝިތާ 20 ދުވަސް ވީ އިރު ނަސީބް ވެރި ދެފަރާތަކަށް ވަނީ ސައިކަލު ހަވާލު ކޮށްފައެވެ.

ބޮޑު ޑިސްކައުން ތަކަކާއެކު ފެށި އެ ޕްރޮމޯޝަން ޝޯޝަލް މީޑިއާގައިވެސް ކުރިޔަށް ދެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭ އިނާމު ތަކުގެތެރޭ މެލޭސިޔާ ދެކޮޅު ޓިކެޓު، ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު 2 ފަރާތަކަށް ރޯދަ ވީއްލުން ލިބުމުގެ އިތުރުން ވެސް ގިނަ އަގުހުރި އިނާމް ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕްރޮމޯޝަން ކުރިޔަށް ދާނީ 1 އޭޕްރިލް އިން ފެށިގެން 5 ޖޫންގެ ނިޔަލަށެވެ.