ބޮލީވުޑް

ކެންސަަރު ބަލިން ރިޝީ ސަލާމަތްވެއްޖެ

ސިއްހީ ފަރުވާ ހޯދަން ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގައި ދުވަސް ހޭދަ ކުރަންޖެހިފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރް ކެންސަރު ބަލިން ސަލާމަތްވެފައިވާ ކަމަށް ބުނެފި އެވެ.

މެޑިކަލް ޓްރީޓްމަންޓް އަކަށް އެެމެރިކާއަށް ގޮސް ރިޝީ ފަރުވާ ކުރަމުން އަންނަތާ މިހާރު ހަތް މަސް ވެދާނެ އެވެ. މި ދުވަސްވަރު، ރިޝީގެ ބައްޔާބެހޭ ގޮތުން މީޑިއާގައި ނުވަތަ ސޯޝަލް މީޑިއާ މެދުވެރިިކޮށް ވެސް މާ ބޮޑު ތަފްސީލެއް ނުދެ އެވެ. އެ ވާހަކަ ކުރިން ސިއްރު ކުރި ކަމުގައި ވިޔަސް، ބޮލީވުޑްްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ އެކަން ޔަގީން ކޮށް ރިޕޯޓް ވެސް ކޮށްފަަ އެވެ.

ނިއުޔޯކުގައި ފަރުވާ ހޯދަމުން އަންނަނިކޮށް، އިންޑިއާގެ ފިލްމު ޕްރޮޑިއުސަރު އަދި ރިޝީގެ ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރާހުލް ރަވައިލް ވަނީ ރިޝީ އާއެކު ފޮޓޯ އެއް ސޯޝަަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އަދި ފޮޓޯގެ ކެޕްޝަންގައި، ރިޝީ ކެންސަރު ބަލިން ސަލާމަތްވެފައިވާކަމަށް ލިޔެފައި ވެއެެވެ.

ރާހުލް ހިއްސާކުރި މި ފޮޓޯއަަކީ ކުރީގެ ފޮޓޯ އެއްކަމުން ބައެއް މީހުން މި ހަބަރާމެދު ޝައްކު ކުރެ އެވެ. އެހެން ނަމަވެސް ރިޝީ މިހާރު ކެންސަރު ބަަލިން ސަލާމަތްވެފައިވާ ކަމަށާއި މިހާރު ބާކީ ހުރީ ބައެއް ފޮލޯއަަޕްތަކެއް ކަމަށް ރާހުލް ވަނީ މީޑިއާތަކަށް އިންޓަވިއުދީ ބުނެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބަައްޔަށް ފަރުވާ ކުރުމަށްފަހު، އެ ބަލިން އެއްކޮށް ސަލާމަތްވެފައިވާ ކަމަށް ރިޝީގެ އާއިލާގެ އެކި މެމްބަރުން ދަނީ ޔަގީން ކޮށްދެމުންނެވެ.