ވިޔަފާރި

ރޯދައަށް ސަނީ އެންޓަޕްރައިސަސްގެ "ބަންޑްލް ސޭލް"އެއް

ރޯދަ މަހާ ދިމާކޮށް، ސަނީ އެންޓަޕްރައިސް އިން ގިނަ އައިޓަމްތަކެއް ހިމޭނޭ "ބަންޑްލް"އެއް ވިއްކުމަށް ނިންމައިފި އެވެ.

ސަނީ އެންޓަޕްރައިޒަސްއިން ބުނީ ރޯދަމަހާ ދިމާކޮށް، 270 ރުފިޔާއަށް ގިނަ އައިޓަމްތަކެއް ހިމޭނޭ ބަންޑްލްއެއް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހުރިހާ އައިޓަމްތަކަކީ ސަނީ އެންޓަޕްރައިސްއިން ރާއްޖެ އެތެރެކޮށް، ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންދާ ތަކެތި ކަމަށެވެ.

ބަންޑްލްގައި ހިމެނޭ އަައިޓަމްތަކަކީ:
01 – 5 ކިލޯ ސަނީ ބާސްމަތީ ހަނޑޫ ޕެކެޓެއް
01 – 2 ލީޓަރު މިތްރާ ޕާމް އޮައިލް ފުޅިއެއް
05 – 250 ގްރާމް މިތްރާ މާޖިރީން
01 – 460 މިލި ލީޓާރު މަރްޖާން ރޯސް ސިރަޕް ފުޅިއެއް
01 – 350 ގްރާމް ޗޮކޮލާޓޭ ފުޅިއެއް
02 - ކޮބޭ ކެންޓަކީ ސުޕަ ކްރިސްޕީ ޕެކެޓް
02 – ކޮބޭ ނާސި ގޯރެން ސީޒަނިންގް ޕެކެޓް

މީގެ އިތުރުން އެ އައިޓަމްތަކާއި އެއްކޮށް، ހަދިޔާއެއްގެ ގޮތުގައި ހިލޭ ފަސް ޖޯންސް ޓީ ސައިފަތް ޕެކެޓް އަދި ފަސް ޕެކެޓް ބޮންޗިލީވެސް ލިބޭނެކަމަށް ސަނީ އެންޓަޕްރައިސަސް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބަންޑްލް ގައި ހިމެނޭ ހުރިހާ އައިޓަމްތަކަކީ ވެސް ރޯދަ މަހު ބަދިގޭގެ ކައްކަން ނުވަތަ ކެޔުމަށް ބޭނުން ކުރެވޭ ރަހަމީރު އަދި ސިއްހަތަށް ރަނގަޅު އައިޓަމްތައް ކަމަށާއި، ހާއްސަ ބަންޑްލް ގަންނަ ބޭނުންވާ ފަރާތްތަކުން ސަނީ އެންޓަޕްރައިޒްގެ ހެޑް އޮފީސް، މާފަންނު އަނަންގާ ބިލްޑިންގެ ހަތަރު ވަނަ ފަންގި ފިލާއަށް ދިޔުމުން އެ ބަންޑްލް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ސަނީ އެންޓަޕްރައިޒްގެ ހޮޓްލައިން ނަންބަރު 9970008 އަށް ގުޅައިގެންވެސް އެބަންޑްލް ގަނެވޭނެ ކަމަށް ސަނީން ވަނީ ބުނެފަ އެވެ.