އޮކްސިޖަން ކެފޭ

އޮކްސިޖަން ރޯދަ މެނޫގައި އަގުހެޔޮ ކޮމްބޯ ސެޓެއް

Apr 11, 2022

މި އަހަރުގެ ރޯދަ ވީއްލަން އަންނަ މީހުންނަށް އޮކްސިޖަން އިން ރޯދަ ވީއްލަން ކޮމްބޯ ސެޓްތަކެއް ނެރެފި އެވެ.

އޮކްސިޖަން އިން މި އަހަރު ރޯދަ ވީއްލަން އަންނަ ގްރޫޕްތަކަށް ހާއްސަކޮށް ތިން ކޮމްބޯ ސެޓެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

މި ސެޓުތައް ފަރުމާކޮށްފައިވަނީ އެއް ފަހަރާ ގިނަ ބަޔަކަށް ރޯދަ ވީއްލަން އަންނާނެތީ އެ ފަދަ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. މިގޮތުން "ކޮމްބޯ އޭ" އާއި "ކޮމްބޯ ބީ" އަދި "ކޮމްބޯ ސީ" ގެ ނަމުގައި ތިން ޕެކޭޖެއް ތައާރަފުކޮށްފައިވެ އެވެ. މީގެ އިތުރުން ހާއްސަ ތަންދޫރި ޕެކޭޖާއި ދިވެހިންގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް އޮންނަ ހަނާކުރި ބޯވަ ވެސް ނެގުމުގެ ފުރުސަތު އޮވެ އެވެ.

ކޮމްބޯ ސެޓުގެ އިތުރުން ހަފުތާގެ ކޮންމެ ދުވަހަކަށް ހާއްސަކޮށް ވެސް މެނޫތަކެއް ތައާރަފުކޮށްފައިވެ އެވެ. މި މެނޫތަކުގެ އަގަކީ 199ރ. އެވެ.

އޮކްސިޖަން އިން ހާބަރު ސަރަހައްދާއި ހެންވޭރު ބޮޑު ތަކުރުފާނު މަގުގައިވެސް ރެސްޓޯރެންޓެއް ހިންގަ އެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ އާއިލާއެއްކޮށް ގޮސް ރޯދަ ވިއްލޭނޭގެ ތަނަވަސް މާހައުލެއް ހިމެނޭ ގޮތަކަށެވެ.