ވިޔަފާރި

ރޯދަ ވީއްލުން ދޭން އޮކްސިޖަން ތައްޔާރު!

May 20, 2018
2

މިހާރު މިއޮތީ ރޯދަ ވިއްލަން ބޭރަށް ދާންވީ ވަގުތު ޖެހިފައެވެ. ރެސްޓޯރެންޓްތައް ތައްޔާރުވެފައިވާއިރު މިއަހަރުގެ ރޯދަ ވީއްލަން ވަންނަ މީހުންނަށް ހާއްސަ މެނޫތަކާއެކު، އޮކްސިޖަން ރެސްޓޯރެންޓް ވެސް މިހާރު ތައްޔާރު ވެއްޖެ އެވެ. މިއީ އެންމެންގެވެސް ފޭވަރިޓް އޮކްސިޖެން އެވެ.

އޮކްސިޖަންއިން ބުނާ ގޮތުގަސި މި އަހަރުގެ ރޯދަމަހު "އޮކްސިޖަން " އާއި "އޮކްސިޖަން ބްލޫ" ގައިވެސް ރޯދަ ވީއްލުން ވަނީ ތައްޔާރުވެފައެވެ.

"ދިވެހިންނަށް ކަމުދާގެ ގޮތަށް ގިނަ ބާވަތްތައް ހިމަނައިގެން މެނޫތައް އެކުލަވާލާފައި ހުންނާނީ،" އޮކްސިންޖެންއިން ވާހަކަ ދެއްކެވި އެތާނގެ ވެރިޔަކު ވިދާޅުވި އެވެ.

އޮކްސިޖަންއިން ދޭ ރޯދަ ވީއްލާ މެނޫ ވަނީ ހުރިހާ ދުވަހަށް ބަހާލާފަ އެވެ. މި މެނޫގައި ހަފުތާ ބަންދަށް ހާއްސަ ކޮށްފައިވެ އެވެ. އެގޮތުން އޮކްސިޖަން ރެސްޓޯރެންޓުގެ މެނޫގެ އަގަކީ 210 ރ. އެވެ. ނަމަވެސް އޮކްސިޖަންއިން ހާބަރުގައި ހުޅުވާފައިވާ "އޮކްސިޖަން ބްލޫ" އިން ރޯދަ ވީއްލުން 185ރ. އަށް ލިބޭނެ އެވެ.