ވިޔަފާރި

ރެއިންބޯގެ އީދު ހަދިޔާއަކީ ބެޑްރޫމް ސެޓެއް

May 29, 2018

ރެއިންބޯ އިން އީދު ހަދިޔާ އަކަށް ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރެއިންބޯ އިން ބުނީ ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ "ރެއިންބޯގެ ފޭސްބުކް ޕޭޖަށް ލައިކް" ކުރުމަށްފަހު، ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ޕޯސްޓް ޝެއާ ކޮށް، ފަސް ރަހުމަތްތެރިޔަކު ޓެގް ކުރުމުންނެވެ. މި ޕްރޮމޯޝަންގެ އިނާމަކީ އަގު ބޮޑު ބެޑްރޫމް ސެޓެކެވެ.

އިމާރާތް ކުރުމާއި ފަރުނީޗަރުގެ ވިޔަފާރިއަށް މަޝްހޫރު މި ކުންފުނިން އަންނަނީ މި ރޯދަ މަހު ވެސް ހާއްސަ ޕްރޮމޯޝަނެއް ހިންގަމުންނެވެ.

"ރަމަޒާން ސޭލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 500ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ. އަދި މި ސޭލް ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑް ވެއާ އަދި ރެއިންބޯ ޝޮޕްގެ އިތުރުން ރެއިންބޯ ތިނަދޫ ފިހާރަ އަދި ރެއިންބޯ ސިސްޓަމްގައި ކުރިއަށްދާނެ އެވެ.

ރެއިންބޯއަކީ 1999 ވަނަ އަހަރު އުފެއްދި ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރީގައި މިހާރު އިމާރާތް ކުރުމާއި ގެދޮރަށް ބޭނުންވާ ފުލް ރޭންޖް ފޯރުކޮށް ދެއެވެ. އެ ކުންފުނިން 20 އަހަރުގެ ތަޖުރިބާއާއެކު ބަދަލުވަނީ އެހެން ހަރުފަތަކަށެވެ.