ކެފޭ ރެސްޓޯރެންޓް

ބަންދުގެ މުއްދަތުގައި ފުޑްކޯޓްތަކުގެ ކުލި މާފުކޮށްދީފި

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކޮށް ކުއްޔަށް ދޫކުރަން ފެށި ފުޑްކޯޓްތަކުގެ ފުރަތަމަ ފުޑްކޯޑް އޮކްސިޖަން -- އަވަސް ފޮޓޯ
0%
0%
0%

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އެސްޓީއޯއިން ތަރައްގީކޮށްފައިވާ ފުޑްކޯޓްތަކުގެ ކުލި މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިން މިއަދު ބުނީ ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކެފޭ/ރެސްޓޯރަންޓްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ފުޑްކޯޓްތައްވެސް ބަންދު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ތަންތަނުގައި ވިޔަފާރި ކުރަމުންދިޔަ ފަރާތްތަކަށް ލިބޭނެ ގެއްލުން ފޫބެއްދުމަށްޓަކައި އެހީތެރިވެދިނުމަށް އެސްޓީއޯއިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ކެފޭ/ރެސްޓޯރަންޓްތައް ބަންދު ކުރަން ނިންމި ދުވަހުން ފެށިގެން އެކަމުގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ މުއްދަތަށް އެސްޓީއޯއަށް ދައްކަންޖެހޭ ކުލި މާފުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކެފޭ/ރެސްޓޯރަންޓްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމާ އެކަމަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 00:00 ފެށިގެންނެވެ. އެކަމާ ގުޅިގެން އެ ވިޔަފާރިކުރާ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ އެ ތަންތަނުން ޓޭކްއަވޭގެ ހިދުމަތް ދިނުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345