ކެފޭ ރެސްޓޯރެންޓް

ޕީޓޭސްގެ ވަރަށް ހާއްސަ "ލަންޗު ޕެކޭޖް" ތަކެއް

Aug 22, 2021

"ޕީޓޭސް" އިން "ލަންޗު ޕެކޭޖް" ތަކެއް މިއަދު ތައާރަފު ކޮށްފި އެވެ.

އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ޕީޓޭސް" އިން މިއަދު ތައާރަފު ކޮށްފައި ވަނީ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ހާއްސަ ކޮށްގެން ތައާރަފުކުރި ޕެކޭޖްތަކެކެވެ. ޖުމްލަ ހަތަރު ބާވަތެއް މި ޕެކޭޖްތަކުގައި ހިމެނެ އެވެ.

އޭގައި ހިމެނެނީ "ބަޓާ ޗިކަން" ޕެކޭޖް އާއި "ޗިކަން ކަބާބު" ޕެކޭޖް އާއި "އިންޑިއަން ޗިލީ ފިޝް" ޕެކޭޖް އާއި "ޓިއްކަ މަސާލާ" ޕެކޭޖެވެ.

މި ޕެކޭޖް މިއަދުން ފެށިގެން "ޕީޓޭސް" އިން ޑެލިވަރީ ކޮށްދެމުން ގެންދާނެ އެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު 11:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ޑެލިވަރީ ކޮށްދޭނެ އެވެ. އެއިން ކޮންމެ ޕެކޭޖެއްގެ ވެސް އަގަކީ 70 ރުފިޔާ އެވެ. ކޮންމެ ޕެކޭޖެއްގައި ވެސް އެ ޕެކޭޖަކާއި ގުޅޭ އެކި ބާވަތްތައް ހިމަނާފައި ހުރެއެވެ.

"ޓިއްކަ މަސާލާ" ޕެކޭޖްގައި ގާލިކް ރައިސް އާއެކު ޗިކަން ޓިއްކާ މަސާލާ އާއި ކިއުކަންބާ ސެލަޑް އަދި ޕިޓާ ބްރެޑް ހިމެނެއެވެ. "ބަޓާ ޗިކަން" ޕެކޭޖްގައި ބަޓާނާން އާއި ބަޓާ ޗިކަން އަދި މަޓާ މަސާލާ އާއި ތަންދޫރީ ސަލަޑްއެއް ހިމެނެއެވެ.

"ޗިކަން ކަބާބު" ޕެކޭޖް ގައި ވެޖިޓަބަލް ރައިސް އާއި ޗިކަން ކަބާބު އާއި ކޯން މަޓަން މަސާލާ އަދި ގްރީން ސަލަޑެއް ހިމެނެ އެވެ. މީގެ އިތުރުން "އިންޑިއަން ޗިލީ ފިޝް" ޕެކޭޖްގައި މަޓާ ޕްލޯޑް އާއި އިންޑިއަން ސްޓައިލް ޗިލީ ފިޝް އާއި ކަޑައި މަޝްރޫސް އާއި މިކްސް ސަލަޑެއް ހިމެނެއެވެ.

"ޕީޓޭސް ލަންޗު ޕެކޭޖް" މާލެ އާއި ހުޅުމާލެއަށް ވެސް ޑެލިވަރީ ކޮށްދޭނެ އެވެ. އޯޑަރު ކުރުމަށް 720118 އަށް ގުޅަންވީއެވެ. ޕެކޭޖް ތައްޔާރު ކޮށްފައި ވަނީ އޮފީސް މާހައުލާއި ގުޅޭގޮތަށެވެ.

"ޕީޓޭސް" އިން ތައާރަފުކުރި "ލަންޗު ޕެކޭޖް" އެއީ ހަމައެކަނި ޑެލިވަރީއަށް ހާއްސަ ޕެކޭޖެކެވެ. ނަމަވެސް ލައިނޫފަރު މަގުގައި ހުންނަ "ޕީޓޭސް" ކެފޭ އެންޑް ރެސްޓޯރަންޓް އިން ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބެން ހުންނާނެ އެވެ.