ކެފޭ ރެސްޓޯރެންޓް

ގެއްލުން ފޫބެދޭ ވަރުގެ އެހީއެއް ނުލިބޭ: ރެމް

ޖޫން މަހު ރެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމިދު -- އަހްމަދު އަޝްހާދު | އަވަސް
0%
0%
0%

ކޮވިޑްގެ ސަބަބުން ކެފޭ ރެސްޓޯރެންޓުތަކަށް ލިބުނު ގެއްލުން ފޫބެދޭ ވަރުގެ އެހީއެއް ސަރުކާރުން ނުދޭ ކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން (ރެމް) ރައީސްް ހާމިދު އަފީފް ވިދާޅު ވެއްޖެ އެވެ.

ހާމިދު މިއަދު ވިދާޅުވި ގޮތުގައި ސަރުކާރުން އެސްއެމްއީ ލޯނުތައް ދޫކުރަން ބުނެފައި ވާއިރު، ރެމް އިން ބެލި އިރު ލޯނު ދީފައި ވަނީ ދެތިން މީހަކަށެވެ. އަދި އެއީ ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދޭވަރުގެ ލޯނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯނު ލިބުނު ކަަން ޔަގީންވާ ފަރާތަތަކަށް ދީފައި ވަނީ 300،000 ރ. އާއި 500،000 ރ. އާއި ދެމެދުގެ ލޯނު ތަކެކެވެ. އަދި އެ ލޯނުތައް ދީފައިވަަނީ ރެމްއާއި އެއްވެސް މަޝްވަރާއެއް ކުރުމަށް ފަހު ނޫން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

ސަރުކާރުން ކެފޭ ރެސްޓޯރަންޓުތަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅުަކުގައި ރެމްގެ ބަހެއް އަދި މަޝްވަރާއެއް ނުހޯދާތީ ރެމްއިން ކަންބޮޑުވުން ފާޅުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345