އެޗްޑީސީ

އީޖާދީ ހިޔާލު ހުށަހަޅައިގެން ހިޔާގައި ވިޔަފާރިކުރުމުގެ ފުރުސަތު

Sep 28, 2021
އީޖާދީ މަންސަ އިން ވަނަތަކަށް ހޮވުނު މީހުން -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަރައްގީ ކުރުމަށްޓަކައި އެޗްޑީސީން ފަށައިފައިވާ "އީޖާދީ މަންސަ" އިން ވަނަތައް ހޯދި މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދީފި އެވެ.

"އިޖާދީ މަންސަ" އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން އަމިއްލަ އުފެއްދުންތަކާއި އާ ހިދުމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހެޅުމަށް ފެށި މުބާރާތެކެވެ.

މި މުބާރާތުގެ ސަބަބުން މުޖުތަމައުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެ އެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައިވަނީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު އެވެ.

ވަނަތައް ލިބުނު މީހުންނަށް އެޗްޑީސީން ކަނޑައަޅައި ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ހަވާލުކުރަން ވަނީ ނިންމާފަ އެވެ.

މީގެތެރެއިން މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ހޮވޭ މީހުންނަށް ހަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި އެއް އަހަރުގެ މުއްދަތަށް ހަވާލު ކުރާ ޔުނިޓް ތަކެކެވެ. ދެވަނައަށް ހޮވޭ މީހުންނަށް ޔުނިޓްތައް ހަވާލުކުރަން ނިންމާފައިވަނީ އެއްވެސް ކުއްޔަކާ ނުލައި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ގޭގައި ކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި، މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ މީހުންނަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުން ޖުމްލަ 36 މީހުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފަ އެވެ.

މުބާރާތް ބާއްވާފައިވަނީ ފަސް ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ހިދުމަތުގެ ކެޓެގަރީ އެވެ. ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ އަދި ދެވަނަ ލިބޭ މީހަކު ހޮވަން ހަމަޖެހިފައިވާއިރު، މާކްސް ލިބުނު އަދަދުތަކަށް ބަލާ ޖުމްލަ ނުވަ މީހަކު ހޮވާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345