ކެފޭ ރެސްޓޯރެންޓް

ސިޓީ ގާޑަން އިން "ތާލީ" ތައާރަފު ކޮށްފި

އިންޑިއާގެ މީރު ކެއުންތައް މިހާރު ވެސް ލިބޭ ސިޓީ ގާޑަން އަށް އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ "ތާލީ" މާދަމާ ތައާރަފްކުރާނެ އެވެ.

ސިޓީ ގާޑަން އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ރެސްޓޯރެންޓެކެވެ. އެތަނުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ އެންމެ ޝައުގުވެރި ކެއުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެގޮތުން ސިޓީ ގާޑަންގެ އިންޑިއަން މެނޫއަށް މާދަމާއިން ފެށިގެން "ތާލީ" ތައާރަފް ކުރުމަށް ވަނީ ނިންމައިފަ އެވެ.

ތާލީ އަކީ ދިވެހިންގެ މެދުގައި މެންދުރުގެ ކެއުމަކަށް ވަރަށް މަގުބޫލު އެއްޗެކެވެ. ތާލީ އަކީ ތަފާތު އެކި ވައްތަރުގެ ކެއުންތައް ހިމެނޭހެން ތައްޔާރު ކޮށްފައި ހުންނަ ބޮޑު ކެއުމެކެވެ. އޭގައި ތަފާތު ރަހަތަކުގެ ރިހައިގެ ބާވަތްތަކާއިއެކު ބަތް އަދި ޕޫރީ ފަދަ އެއްޗެހި ހިމަނާފައި ހުރެ އެވެ.

ސިޓީ ގާޑަން އިން ތިން ވައްތަރެއްގެ ތާލީ ތައާރަފްކުރާނެ އެވެ. އެއީ "ސިޓީ ސްޕެޝަލް ތާލީ" އާއި "ނޮން-ވެޖް ތާލީ" އަދި މަސް ނުކާ މީހުންނަށް ހާއްސަކޮށްގެން "ވެޖް ތާލީ" އެވެ. މި ތިން ވައްތަރުގެ ތާލީ މާދަމާއިން ފެށިގެން މެންދުރު ކާވަގުތުގައި ލިބެން ހުންނާނެ އެވެ.

ސިޓީ ސްޕެޝަލް ތާލީގައި ސެލެޑް، މަޓަން ކަރީ، ޗިކެން ކަރީ، ފިޝް ކަރީ، ނޮން-ވެޖް ފްރައި، ޕޮރިޔަލް (އިންޑިއަން ސްޓައިލަށް ހަނާކޮށްފައިވާ އަލުވި)، ވެރައިޓީ ރައިސް، ކާޑް، ރަސަމް، ސްޓީމްޑް ރައިސް، ޕިކްލް، ޕޮއްޕޮޑަމް (ޕާޕަރު)، ޕޫރީ، ސްވީޓް، ފްރުޓް ސެލެޑްވެސް ލިބޭނެ އެވެ.

ނޮން-ވެޖް ތާލީ އިން ވެސް ގިނަ ބާވަތްތަކެއް ލިބެ އެވެ. އެގޮތުން ޗިކަން ކަރީ، ސެލެޑް، ފިޝް ކަރީ، ނޮން-ވެޖް ފްރައި، ޕޮރިޔަލް، ކާޑް، ރަސަމް، ޕިކްލް، ސްޓީމްޑް ރައިސް، ޕޫރީ، ސްވީޓް އަދި ފޮއްޕޮޑަމް ލިބޭނެ އެވެ.

ވެޖް ތާލީ އިން ލިބޭ ތަކެތީގެ ތެރޭގައި ބަނާނާ ޗިޕްސް، ސެލެޑް، ސާމްބާރް ނޫނީ ދާލް ލިބެން ހުންނާނެ އެވެ. އަދި މިކްސްޑް ވެޖިޓަބަލް ކަރީ، ޕޮރިޔަލް، ރަސަމް، ވެޖް ފްރައި، ޕިކްލް، ޕޮއްޕޮޑަމް، ސްޓީމްޑް ރައިސް، ޕޫރީ އަދި ފޮނި އެއްޗެއް ލިބޭނެ އެވެ.

ސިޓީ ގާޑަން އިން އަލަށް ތައާރަފްކުރާ ތާލީ ލިބެން ހުންނާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން 3:30 އަށެވެ. އެ ރެސްޓޯރެންޓުން މައުލޫމާތު ދިން ގޮތުގައި މާދަމާ އިން ފެށިގެން އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 10 ޕަސެންޓްގެ ޑިސްކައުންޓްގައި ތާލީ މީލް ލިބޭނެ އެވެ.

ސިޓީ ގާޑަންގެ ތާލީ އަދި އިންޑިޔާގެ ކެއުން ތައްޔާރު ކުރަނީ، އިންޑިއާގެ ތަޖުރިބާކާރު ކައްކާ އެއްގެ ބެލުމުގެ ދަށުންނެވެ. އޭނާ ބުނި ގޮތުގައި ދިވެހިންނަށް އިންޑިއާގެ ކެއުންތައް ވަރަށް މީރެވެ. އަބަދުވެސް އިންޑިއާގެ ކެއުންތަކަށް ދިވެހިން ހާއްސަ ކަމެއްދޭއިރު، ތާލީއަށް ވެސް ސަޕޯޓް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ބުންޏެވެ. ރާއްޖޭގައި ވޭތުވެދިޔަ 12 އަހަރު ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކައްކާ ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ސިޓީ ގާޑަންގެ މެނޫ އަށް އިންޑިއާގެ އިތުރު ކެއުންތައް ގެންނާނެ ކަމަށެވެ.