އެޑްވަޓޯރިއަލް

ޕިއްޒާ ޓައިމް؛ މީރު ރަހައިން ހައިރާން ކޮށްލާނެ

Jun 26, 2022
7

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ފާސްޓްފުޑުގެ ތެރޭގައި ޕިއްޒާ ހިމެނެއެވެ. ރާއްޖެއިންވެސް ތަފާތު ބާވަތްތަކުގެ ޕިއްޒާ ލިބެން އެބަ ހުއްޓެވެ. އެކަމަކު އެއް ފަަހަރު ކާލުމަށް ފަހު ދެވަނަ ފަހަރަށް އޯޑަރުދޭ ވަރެއް ނުވެ އެވެ. ވާގޮތަކީ ގިނަ ޕިއްޒާގެ ރަހަތަކާ ގަޔާ ނުވަނީ އެވެ. ނަމަވެސް މިފަހަރު މި އޮތީ އެ ހުރިހާ ކަމަކަށް ހައްލެވެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް އޯޑަރު ދޭނެކަން ޔަގީނެވެ.

މިއީ މުޅީން އަލަށް ޕިއްޒާގެ ދުނިޔެއަށް އައި "ޕިއްޒާ ޓައިމް" އެވެ. އެތަނުން ވަރަށް ގިނަ ބާވަތްތަކުގެ ޕިއްޒާ ލިބެން އެބަހުއްޓެވެ. މުޅީން ތަފާތު ރަހަތަކެކެވެ. ދޭން އޮތް ފުރަތަމަ ޔަގީން ކަމަކީ މިއީ އެންމެ ކޮލެޓީ ޕިއްޒާ ކަމެވެ. ރަހަތައް ހަމަ ސަތޭކައެވެ. އެހާވެސް ރަހަތައް ރަނގަޅެވެ.

"ޕިއްޒާ ޓައިމް" ގެ ޕިއްޒާތަކުން އެންމެ ހިނގާ ނަންތަކަކީ "ބީފް މޭޑްނަސް ޕިއްޒާ" އާއި "ފްލޭމިން ބަޓާ ޗިކަން" އެވެ. މި ނޫންވެސް ތަފާތު ބާވަތްތަކުގެ ޕިއްޒާ، މެނޫ އިން ފެންނަން ހުންނާނެ އެވެ. އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކާއެކު ކޯކު ފުޅިއެއް ހިލޭ ލިބޭނެ އެވެ.

ޕިއްޒާގެ އިތުރުން މަގުބޫލު ފާސްޓްފުޑުގެ ލިސްޓުން ދެން ޖާގަ ހޯދަނީ ސަބްމެރީން އެވެ. "ޕިއްޒާ ޓައިމް" އިން މިފަހަރު ގެނެސްދެނީ ސަބްމެރީންގެވެސް މުޅީން ތަފާތު ރަހައެކެވެ. ހިދުމަތުގައި ހޭދަވި މިދިޔަ ދެތީން ހަތަރު ދުވަހު "ޕިއްޒާ ޓައިމް" އިން އެންމެ ގިނަަ ބަޔަކު އޯޑަރުކުރި އެކައްޗަކީވެސް ސަބްމެރީން އެވެ. ހާއްސަކޮށް "ބީފް ފިއެސްޓާ އެންޑް ހޮޓް ޗިކަން ސަބްމެރީން" މިއީ އެ ތަނުގެ އެންމެ ހާއްސަ ސަބްމެރީއެވެ.

ޕިއްޒާއެކޭ އެއްގޮތަށް ސަބްމެރީންގެ ރަހަވެސް މުޅީން ތަފާތެވެ. ޔަގީން ކަމަކީ މިއީ ޕިއްޒާގެ ލިބޭނެ އެންމެ މީރު ރަހަކަމެވެ.

މީގެ އިތުރުން ޑެޒާޓެއްގެ ގޮތުން "ޕިއްޒާ ޓައިމް" އިން ވަނީ "ލާވާ ކޭކް" ވެސް އިންޓްރޮޑިއުސް ކޮށްފައެވެ. މިއީވެސް ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ފޮނި ކާއެއްޗެކެވެ. ބޭރު ގައުމަކަށް ގޮސްފިނަމަ ދިވެހީންގެ އެންމެ މަގުބޫލް ފޮނިކާ އެއްޗަކީ "ލާވާ ކޭކް" އެވެ. އެ ކޮލެޓީގެ "ލާވާ ކޭކް" މި ތަނުން ލިބެން އެބަހުއްޓެވެ. ރަހަ ބެލުމަށް ފަހު މި ވާހަކައާ މެދު އެއްބަސްވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ޕިއްޒާގެ ބާވަތްތަކާއި ސަބްމެރީން އަދި ލާވާ ކޭކަށް ވެސް މިހާރު އޯޑަރު ކޮށްލެވޭނެ އެވެ. 7735377 ނަންބަރު ފޯނާ ގުޅުމުން ނިމުނީއެވެ. މީގެ އިތުރުން ޓޭކްއަވޭގެ ހިދުމަތްވެސް މިހާރު ވަނީ ފަށާފައެވެ. ޓެލެކޮމް ބިލްޑިން ކައިރީގައިވާ "ޕިއްޒާ ޓައިމް" ގެ އައުޓްލެޓް އިން ޓޭކްއަވޭގެ ހިދުމަތް ލިބޭނެ އެވެ.

  • އޯޑަރު ދިނުމުން ގެންގޮސްދޭނެ
  • ނަންބަރު: 7735377
  • މާލެ އާއި ހުޅުމާލެ އަށް ޑެލިވަރީގެ ހިދުމަތް
  • ފެރީތަކާއި ލޯންޗުތަކަށްވެސް ޑެލިވަރީގެ ހިދުމަތް

މިއީ ހިދުމަތުގެ ފުރަތަމަ ދުވަސްކޮޅު ކަމުން އޮތީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އާންމު އަގުތަކަށް ވުރެ ހެޔޮ އަގުގައި ކޮންމެ އެއްޗެއްވެސް މިވަގުތު ލިބޭނެ އެވެ. އެ ޕެކޭޖްތަކުގައި ޕިއްޒާ އާއި ސަބްމެރީން އާއި ލާވާ ކޭކް ހިމެނެއެވެ. މީގެ އިތުރުން މި ލިސްޓަށް ޑޯނަޓާއި ކްކީސް އިތުރުވާނެ އެވެ.

"ޕިއްޒާ ޓައިމް" އިން ގެނެސްދިން މި ރަހަތަކާއެކު ޕިއްޒާ އާއި ސަބްމެރީން ގެ މުޅީން އައު ރަހަތަކެއް ދިވެހީންނަށް ގެނެސްދިނީ އެވެ. މިއީ ފާސްޓްފުޑަށް ލޯބިކުރާ މީހުންނަށް ލިބުނު އުފާވެރި ހަބަރެކެވެ. އާއިލާތަކާއި އެކުވެރީންގެ ބައްދަލްވުންތަކަށް އިތުުރު ފުރިހަމަ ކަމެއް މި ރަހަތަކުން ގެނެސްދޭނެ އެވެ.

އެހެންވީމަ އަވަހަށް އޯޑަރު ކުރައްވާށެވެ. މާލެ އާއި ހުޅުމާލެއަށް ޑެލިވަރީ ކޮށްދޭނެ އެވެ. ފެރީތަކާއި ލޯންޗުތަކަށްވެސް ޑެލިވަރީގެ ހިދުމަތް ދެއެވެ.