އެސްޓީއޯ

ފުޑް ކޯޓްތަކުގެ 14 ބްލޮކެއް އަލުން ބީލަމަށް

އެސްޓީއޯ ގެ ހާބާ ފުޑް ކޯޓް ޔުނިޓް ގެ 14 ބްލޮކެއް ވަނީ ބީލަމަށް ލާފައި
0%
0%
0%

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކޮށްފައިވާ "ރައިވެރިބޭ ކޮއްތުވެނި" ހާބާ ފުޑް ކޯޓްގެ ޔުނިޓްތަކުގެ ތެރެއިން 14 ޔުނިޓެއް އަލުން ބީލަމަށް ލައިފި އެވެ.

ރައިވެރިބޭ ކޮއްތުވެނި، ފުޑްކޯޓް ތަކުގެ ބެލެނިވެރިޔާ، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުނީ އެ ބްލޮކް ތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމުގެ ކުރިން ކަމަށާއި މިހާރު އެ ފުރުސަތު އެބައޮތް ކަމަށެވެ.

ކުރިން އެކި ފަރާތަކުން ބޭނުން ކުރުމަށްފަހު ކުލި ބޮޑުވެގެނާއި ކޮވިޑާއެކު ވިޔަފާރިއަށް ލިބުނު ގެއްލުންތަކާއެކު އެ ބްލޮކް ތައް މިހާރު ހުރީ ހުހަށެވެ. ޕްރޮޕޯސަލް ހުށާއަޅާ ފަރާތްތަށް ބޭނުން ނަމަ ބްލޮކްތައް އެތެރޭގެ ހާލަތާއެކު ބަލައިލަން ދިއުމުގެ ފުރުސަތު ވެސް އެސްޓީއޯއިން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ބްލޮކް ތައް ބަލައިލަން ދާނީ މި މަހުގެ ހަތް ވަނަ ދުވަހު އާއި 10 ވަނަ ދުވަހުގެ މެންދުރު 2:00 ން 3:00 ށެވެ.

ފުޑްކޯޓަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތް ތަކަށް އެސްޓީއޯ ވެބްސައިޓް މެދުވެރިކޮށް ފޯމްސެޓް ހޯދޭނެ އެވެ. ޕްރޮޕޯސަލް ތައް ހުށަހަޅަން ޖެހެނީ އެސްޓީއޯ ހެޑް އޮފީހުގެ ރިސެޕްޝަނަށެވެ. ބަލައިގަންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ހާބަރު ފުޑްކޯޑްތަކުގެ ކުލި އުޅެނީ 60،000 ރ. އާއި 80،000 ރ. ގަ އެވެ. މި ކުލިތައް ބޮޑު ކަމަށް ވަރަށް ގިނަ ބަޔަކު ކުރިންސުރެ ބުނެފައި ވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345