ރޯދަ މަހާ ރޯއްޖާ

ރޯދަ ވީއްލަން ތަފާތު ޑްރީމެއް!

Apr 19, 2021

ރޯދަ ވީއްލާ ގަޑި އަށް ޕިޒާ ބޭނުންވޭ ހެއްޔެވެ؟ ނޫނީ ބޭނުން ވަނީ އާންމު ރޯދަ ވީއްލާ މެނޫ ހިޔާރު ކުރަން ހެއްޔެވެ؟ ގުޅައިގެން ގެއަށް ޕިއްޒާ ގެންދަން ބޭނުންވާ މީހަކަށް ނޫނީ ރޯދަ ވީއްލަން ބޭރަށް ދާން މީހުންނަށް ވެސް މި ރޯދަމަހު އެންމެ ރަނގަޅު އެއް ޗޮއިސްއަކީ "ޑްރީމްސް" އެވެ. ޑްރީމްސް އިން މި އަހަރުގެ ރޯދަ މަހަށް ފުރިހަމަ އަށް ތައްޔާރުވެފައިވާއިރު، 175ރ. އަށް ރޯދަ ރޯދަ ވިއްލައި ލެވޭނެ އެވެ. އެހެންވެ މި ރޯދަ މަހު ރޯދަ ޑްރީމްސް ވެފައިވަނީ ވަރަށް ރަނގަޅު ތަނަކަށެވެ.

"ފުރަތަމަ ރޯދަ ވީއްލަން މެނޫ ދޫކުރި އަގު ވެސް މިހާރު މިވަނީ ހެޔޮކޮށްލާފައި. މިހާރު 175ރ. އަށް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް،" ޑްރީމްސް އިން ވާހަކަ ދެއްކި އިސް ބޭފުޅަކު ވިދާޅުވި އެވެ.

"ޑްރީމްސް" އިން މާލޭގައި "ޑްރީމްސް ޑައިނާ" ގެ ނަމުގައި ރެސްޓޯރެންޓެއް ހިންގަ އެވެ. އަދި ހުޅުމާލޭގައި ވެސް ރެސްޓޯރެންޓެއް ހިންގަ އެވެ. މަޖީދީމަގާއި މާވެޔޮ މަގު ކަންމަތީގައި ހިންގާ "ޑްރީމްސް ޑައިނާ" އިން ހިތްގައިމު މާހައުލެއްގައި ރޯދަ ވީއްލަން ލިބޭނެ އެވެ.

އެ ތަނުގައި އެއް ފަހަރާ 60 މީހުންނަށް ތިބެވޭނެ އެވެ. އެހެންވެ މިއީ ގްރޫޕް ރޯދަ ވީއްލަން އިންތިޒާމު ކުރަން ވެސް ރަނގަޅު މާހައުލެކެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ތަފާތަކީ ކެއުންތައް. މިތަނުގެ ކެއުންތައް ބަލަހައްޓާނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާތާ 25 އަހަރު ވެފައިހުރި ބޭފުޅެއް،" ކުރިން ވާހަކަ ދެއްކި އޮފިޝަލް ކަސްޓަމަރުންނަށް ޔަގީންކަން ދިނެވެ.

ޑްރީމްސް އަށް ގޮސް ރޯދަ ވީއްލަން ފުރުސަތު ދިން ނަމަވެސް ޕިއްޒާ ޓޭކްއަވޭގެ ހިދުމަތް ވެސް ލިބޭނެ އެވެ. އެހެންވެ މިއީ ގޭގޭގައި ތިބި ފަރާތްތަކަށް ހިތްހަމަ ޖެހުމެކެވެ. މި ހިދުމަތް މާލެ އާއި ހުޅުމާލެ އިން ވެސް ދަނީ ދެމުންނެވެ.