ކެފޭ ރެސްޓޯރެންޓް

މަންހަޓަން ފިޝް މާކެޓް މާލެއަށް

Jan 24, 2021
1

ހުޅުމާލޭގައި ހިންގާ ފްރެންޗައިޒް ރެސްޓޯރެންޓް "ދަ މަންހަޓަން ފިޝް މާކެޓް" ގެ އައުޓްލެއެއް މާލޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

މަންހަޓަން ފިޝް މާކެޓުގެ މާލޭގެ ރެސްޓޯރެންޓް ހުޅުވަނީ ކުރީގެ އެމްއީއެސް ސްކޫލް ކައިރީ ހުންނަ، އިންޑިއާއިން ދިހަވަރަކަށް އަހަރުން އަޅައިދިން ހޮޓެލް ސްކޫލް ހުންނަ އިމާރާތުގެ ތިރީގަ އެވެ.

ދަ މަންހަޓަން ފިޝް މާކެޓު ރާއްޖޭގައި ހިންގާ ކުންފުނީގެ ވެރިޔާ، އިބްރާހިމް ނައީމް އަވަސް އަށް ވިދާޅުވި ގޮތުގައި މި ރެސްޓޯރެންޓް މާލޭގައި ހުޅުވުމުގެ ގޮތުން ވާންޖެހޭ ތައްޔާރީތައްވެ މިހާރު ވަނީ ނިމިފަ އެވެ. އަދި ހިދުމަތް ދޭން ހުއްދަތައް ލިބުނުހާ އަވަހަށް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ 11 ގައުމެއްގައި ހިންގަމުން ގެންދާ ދަ މަންހަޓަން ފިޝް މާކެޓުން ރާއްޖޭގައި ރެސްޓޯރެންޓެއް ހިންގަނީ ހުޅުމާލެ ސެންތްރޯ މޯލްގަ އެވެ. މަންހަޓަންގެ ރާއްޖޭގެ ރެސްޓޯރެންޓުން މި ބްރޭންޑުން ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އަދި 2017 ވަނަ އަހަރު އެންމެ ރަނގަޅު އާމްދަނީއެއް ހޯދި އައުޓްލެޓަކަށް ވެސް ރާއްޖޭގެ އައުޓްލެޓް ހޮވިފައިވެ އެވެ.