ވިޔަފާރި

ދަ އައިލެންޑް ކިޗަންގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވައިފި

Jan 25, 2021
1

"ދަ އައިލެންޑް ކިޗަން" ގެ ނަމުގައި ރެސްޓޯރެންޓެއް މާލެއަށް އިތުރު ވެއްޖެ އެވެ.

އާ ރެސްޓޯރެންޓް ހުޅުވީ ރައްޔިތުން މަޖިލީހުގެ އިދާރާގެ އާ އިމާރާތް ހުންނަ، އަދި ކުރިން ފުޑް ބޭންކް ރެސްޓޯރެންޓް ހިންގި މަގުގަ އެވެ. "އައިލެންޑް ކިޗަން" ރެސްޓޯރެންޓަކީ ގިނަ ވައްތަރުތަކުގެ ކާބޯ ތަކެތި ލިބޭ އިންތިޒާމްތަކާއެކު ހުޅުވި ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓުގެ ކެއުންތައް ތައްޔާރު ކުރުމުގައި ހަރަކާތްތެރި ވަނީ ސްރީ ލަންކާގެ ތަޖުރިބާކާރު ޝެފެކެވެ. މި ރެސްޓޯރެންޓްގައި އޭސީ ބަޔާއި ފިނި ނޫން އޭރިޔާތައް ހިމަނާފައި ވެއެވެ.

ކޮފީ ބޯ މީހުނމަށް ހާއްސަކޮށް "ސްޕެޝަލިޓީ ކޮފީ" އަދި އެހެނިގެން ބުއިންތައް ހިމެނޭ މި ރެސްޓޯރެންޓުގައި ޕޭސްޓްރީ ޝެފެއް ވެސް މަސައްކަތް ކުރާނެ އެވެ. އޭނާގެ އެހީގައި ޕޭސްޓްރީގެ ގިނަ ބާވަތްތަކެއް ވެސް ފޯރުކޮށް ދޭނެ އެވެ.