އެޑްވަޓޯރިއަލް

ލިމިޓްލެސް ޕިއްޒާ: މީރުކަމުގައި ހައްދެއް ނެތް

Jul 11, 2021

ޕިއްޒާއެއް ހޯދަން ޑައިރެކްޓްރީ ހާވާލާއިރަށް އެތައް ބައިވަރު ނަންތައް ފެނެ އެވެ. މާލޭގެ މަގުމަތިން ދުއްވާލާއިރަށް ޕިއްޒާގެ އެތައް ނަން ބޯޑެއް ފެނެ އެވެ. އެކަމަކު އެއް ފަަހަރު ކާލުމަށް ފަހު ދެވަނަ ފަހަރަށް އޯޑަރުދޭ ވަރެއް ނުވެ އެވެ. ވާގޮތަކީ ގިނަ ޕިއްޒާގެ ރަހަތަކާ ގަޔާ ނުވަނީ އެވެ. އެކަމަކު މިހާރު މަޝްހޫރު ވަމުންދާ ލިމިޓްލެސް ޕިއްޒާ ތަފާތު ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތެވެ. މި ޕިއްޒާ ތައާރަފުވިތާ މަހެއްހާ ދުވަހުގެ ތެރޭގައި އެއް ފަހަރު އޯޑަރުކޮށް ދެވަނަ ފަހަރަށް މި ޕިއްޒާ ގެންދާ ރިޕީޓެޑް ކަސްޓަމަރުން ގިނަވުމަކީ ރަނގަޅު ކަމުގެ ހެއްކެކެވެ.

ރިސޯޓުތަކުގައި މަސައްކަތް ކޮށްފައިވާ ޒުވާން ދިވެހި ޝެފެއްގެ ބެލުމުގެ ދަށުން ތައްޔާރު ކުރާ، ލިމިޓްލެސް ޕިއްޒާގެ ތަފާތަކީ ތަފާތު މީރު ކަމެއް ހުރުމެވެ. އަނގައަށް ލާތަނުން ޕިއްޒާ ފޮތި އަނގައިގެ ތެރެއަށް "ވިރިގެންދާ" ފަދަ އިހުސާސެއް ކުރެވުމެވެ. އެކަމަކު މި ޕިއްޒާގެ ފުއްގަނޑު ތައްޔާރު ކުރާ ގޮތުން އެ ހިއުސާސް ކަސްޓަމަރުން ވުމަކީ ލިމިޓްލެސް ޕިއްޒާގެ އެންމެ ސަޅި ކަމެވެ. އަދި ޕިއްޒާ ގެންގޮސް މަތި ނަގައިލުމާއެކު ދުވަން ފަަށާނެ މީރުވަހުން ކުޅު ދިޔާކޮށްލުމަކީ މި ޕިއްޒާ ފިހެމުގައި ބޭނުން ކޮށްފައިވާ އުކުޅެއްގެ ސަބަބުން ވާ ގޮތެކެވެ. ލިމިޓްލެސް ޕިއްޒާއަކީ ހައްދެއް ނެތް ޕިއްޒާއެކޭ ބުނަނީ އެހެންވެ އެވެ.

"ދުވަހުން ދުވަހަށް ކަސްޓަމަރުން ދަނީ އިތުރު ވަމުން. އެންމެ އުފާވާ ކަމަކީ ރިޕީޓެޑް ކަސްޓަމަރުން އިތުރުވުން. އެ މީހުންގެ ފީޑްބެކް ވަރަށް ރަނގަޅު،" ލިމިޓްލެސް ޕިއްޒާގެ ވެރިޔާ އަބްދުﷲ އަތޫފު ވިދާޅުވި އެވެ.

ލިމިޓްލެސް ޕިއްޒާއަކީ "ލިމިޓްލެސް" ވިޔަފާރީގެ އެއް ބޮޅެވެ. މި ބޮޅަށް ޕިއްޒާގެ ރަހަ އަމުނާލުމަށްޓަކައި ބޭނުން ކުރަނީ ފެންވަރު ރަނގަޅު އިންގްރެޑިއަންޓްސް ތަކެވެ. ޕިއްޒާގައި ހުންނަ ކުކުޅު ކޮޅު ވެސް ގުޅައަކަށް ޕިއްޒާ ފުށްގަނޑު މައްޗަށް ޖެހުމުގެ ބަދަލުގައި ހުންނާނީ ރީތިކޮށް ކޮށާފަ އެވެ. ލިމިޓްލެސް ޕިއްޒާ އިން ޑެލިވަރީގެ ހިދުމަތް ވެސް ދެ އެވެ. މި ޕިއްޒާ ހޯދަން 9191502 މި ނަމްބަރަށް ގުޅައި އޯޑަރު ކުރެވޭނެ އެވެ.