މަސްތުވާތަކެތި

ރާއްޖޭގައި ޑްރަގު ޓްރެފިކް ކުރަން އުޅުނު އިރާން ބޯޓެއް އަތުލައިގެންފި

May 7, 2019
2

ރާއްޖޭގައި މަސްތުވާ ތަކެތި ޓްރެފިކް ކުރަން އުޅުނު އިރާންގެ ބޯޓެއް ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފި އެވެ. ބޯޓު އަތުލީ ބ. އަތޮޅުުންނެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިފަހެއްޓީ މަސްތުވާ ތަކެތި ޓްރެފިކް ކުރަން އުޅުނު ބޯޓެކެވެ. އެ ބޯޓް އަތުލައިގަތުމަށްފަހު މިހާރު ދަނީ ބަލާ ފާސް ކުރަމުންނެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ.

ބ. އަތޮޅުގެ ހުޅަނގު ފަޅިން 126 މޭލު ބޭރުން ހުއްޓުވި މި ބޯޓްގެ މި މައްސަލާގައި ހަތް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމެއް ސާފެއް ނުވެ އެވެ.

އީރާންގެ މި ބޯޓް ހިފެހެއްޓި އިރު މާޗް 12، 2014 ވަނަ އަހަރު ވެސް ކަނޑުމަގުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިރާންގެ ބޯޓެއް ހިފެހެއްޓި އެވެ. އެފަހަރު އިރާނުގެ މަސްބޯޓުން ގެނައި 24 ކިލޯގެ ޑްރަގު ފޮރުވާފައި ހުރީ ބޯޓުގެ ޑިންގީއެއްގެ ތެރޭގަ އެވެ. އެ މައްސަލާގައި ދިވެހިން ހިމެނެ އެވެ. ހަރްމޯޒް ނަމަކަށް ކިޔާ އެ ބޯޓްވެސް އަތުލީ ބ. އަތޮޅާއި އއ. އަތޮޅާ ދެމެދުންނެވެ.