ވިޔަފާރި

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަން: އިތުރު ނަސީބު ވެރިޔާއަށް ސައިކަލެއް

އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ "އެނމެންގެ ރޯދަ ސޭލް" ގެ ތިން ވަނަ ނަސީބު ވެރިފަރާތަށް އިއްޔެ ސައިކަލު ހަވާލުކޮށްފި އެވެ.

ތިން ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަރީފު އެވެ. އޭނާއަށް ސައިކަލް އިއްޔެ ހަވީރު ކަލަ ބޭންކް ފިހާރައިގައި އެވެ.

ބޮޑު ޑިސްކައުންޓް ތަކަކާއިއެކު ފެށި މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައިވެސް ކުރިޔަށް ދެއެވެ. މި ޕރޮމޯޝަންގެ އިނާމު ތަކުގެތެރޭ މެލޭޝިޔާ ދެކޮޅު ޓިކެޓު، ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު 2 ފަރާތަކަށް ރޯދަ ވީއްލުން ލިބުމުގެ ފުރުސަތުވެސް އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އާއި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކުރުމުން ގުރުއަތުން ދިމާވާ ނަސީބު ވެރިޔަކަށް ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭނެ އެވެ. ގުރުއަތަށް ދާނީ 300 ރުފިޔާއިން މަތިން ވިޔަފާރި ކޮށްގެނެވެ.

ކަލަ ބޭންކާއި އޭސް ހާޑްވެއާގެ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ކަލަބޭކުން ވިޔަފާރި ކޮށްގެން ކަސްޓަމަރުންނަށް ހިލޭ ކުލަ ވެސް ދެ އެވެ.

އޭސް ހާޑްވެއާއިން ބުނީ ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭ މި ޕްރޮމޯޝަން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަމަށާއި މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓް ހިމަނާފައިވާނެ ކަމަށެވެ.