ހަބަރު

މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީން މަޝްވަރާކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ހިންގަން ހުރި ގޮންޖެހުންތަކާއި، މީޑިއާ ހަރުދަނާކޮށް ހިންގުމުގައި ކުރިއަށް ގެންދެވި ދާނެ ގޮތްތަކާގުޅޭގޮތުން މީޑިއާ ކައުންސިލުން ހޯމް މިނިސްޓްރީއާއެކު މަޝްވަރާކޮށްފި އެވެ.

އެމްއެމްސީން ބުނީ، އެ ކައުންސިލުގެ މެންބަރުން ހޯމް މިނިސްޓްރީގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މީޑިއާ ތަރައްގީ ކުރަން ހަރުދަނާ އުސޫލެއް ގާއިމުކުރުމަށާއި، މީޑިއާގެ ދަފްތަރު އެކުލަވައިލުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށާއި، މީޑީއާ ރެގިއުލޭޓު ކުރަން ހަރުދަނާ އުސޫލެއް އެކުލަވާލުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.