ހަބަރު

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Sep 21, 2020
މިދިއަ އަހަރުގެ މާޗު މަހު މޯލިޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ތެރެއިން -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހޯމް މިނިސްޓްރީން އިތުރު ކޮށްފި އެވެ.

އެމްއެމްސީއަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިހާރު އެ ކައުންސިލުގައި ތިބި 13 މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާތީ އެވެ.

ނަމަވެސް، ހޯމް މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ މުއްދަތު މިހާރު ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފަ އެވެ.

އެމްއެމްސީގައި ތިބެނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. އަދި މީޑިއާ ތަމްސީލުކުރާ ހަތް ގޮޑިއަށް ކެންޑިޑޭޓުން ހުށަހަޅަނީ މީޑިއާތަކުންނެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރު ކަމަށް ކަނޑައަޅާފައިވާއިރު، އެއްވެސް ފަރާތަކަށް މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910