މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބު ކޮށްފި އެވެ. މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި މީޑިއާ ތަމްސީލް ކުރާ ހަ މެންބަރުންނާއި އަމިއްލަ ގޮތުން ހަ މެންބަރަކު ވަނީ އިންތިހާބުކޮށްފައެވެ.

ވާދަވެރި އިންތިހާބުގައި 200 މީޑިއާ އަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވި އެވެ. ވޯޓްގައި 187 މީޑިއާއަކުން ބައިވެރިވިއެވެ.

މީޑިއާ ތަމްސީލް ކުރާ ހަ މެންބަރުން

  • އަލީ ހުސައިން (ޕީއެސްއެމް)
  • ހުސައިން ޝަފީގް (ތިލަދުން)
  • މުއިއްޒު އިބްރާހިމް (މިހާރު)
  • އާދަމް ނަވާޒް (ވަގުތު)
  • އާދަމް ނަޒީރު (ހަތާވީސް އޮންލައިން)
  • ހަސަން ޝާކިރު މުހައްމަދު (އަސްދަނޑި)
  • ޝަހުބާން ފަހުމީ (ސަންގް ޓީވީ)

އާންމުން ތަމްސީލް ކުރާ ހަ މެންބަރުން

  • ފާތިމަތު އަހުމަދު - 142
  • އަންވަރު އިބްރާހިމް - 112 ވޯޓް
  • އިބްރާހިމް ފައުޒީ - 99 ވޯޓް
  • އަހުމަދު މޫސާ - 90 ވޯޓް
  • ޝަފާއަތު ހަބީބް - 83 ވޯޓް
  • މުހައްމަދު ޝަފާއު ހަސަން - 82 ވޯޓް

މީޑިއާ ކައުންސިލްގައި ތިއްބަވަނީ 14 މެންބަރުންނެވެ. ދެ މެންބަރެއްގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ. އެހެން ކަމުން އަންނަ އަހަރު މީޑިއާ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނެ އެވެ.

މީޑިއާ ކައުންސިލްގެ އައު ދައުރަށް މެންބަރުން އިންތިހާބު ކޮށްފައިވާއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެއެވެ. އެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މީގެ ކުރިން ކޮށްފައިވެއެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ ދެ އިދާރާ އެއްކޮށްލާ "މޯލްޑިވްސް މީޑިއާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ނިންމާ އެކަމާއި ގުޅޭ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަންނަ އަހަރުގެ ކުރީކޮޅު އެ ބިލް މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.