މޯލްޑިވިއަން

އަނެއްކާވެސް މޯލްޑިވިއަންއަށް ބޮންބާޑިއާގެ އެވޯޑް

May 10, 2019
5

ގައުމީ އެއާލައިން (މޯލްޑިވިއަން) އަށް ހަތް ވަނަ ފަހަރަށް ކެނެޑާގެ ބޮންބާޑިއާ ކުންފުނިން ދޭ ޝަރަފުވެރި އެވޯޑް ލިބިއްޖެ އެވެ.

ޖަރުމަނުގެ މިއުނިކްގައި މަތިންދާ ބޯޓު އުފައްދާ ބޮންބާޑިއާ ކުންފުނިން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވިއަންއަށް ލިބިފައިވަނީ "ރިލައިބިލިޓީ ޕާފޯމަންސް އެވޯޑް އޮފް އައުޓް ސްޓޭންޑިން ޑިސްޕެޗް ރިލައިބިލިޓީ" އެވޯޑެވެ. މިއީ މޯލްޑިވިއަންއަށް މި އެވޯޑު ލިބުނު ހަތް ވަނަ ފަހަރެވެ.

މޯލްޑިވިއަންގައި ބޭނުންކުރާ ޑޭޝް އަށެއް މަރުކާގެ ބޯޓު ފަހަރަކީ ބޮންބާޑިއާ ކުންފުނީގައި އުފައްދާފައިވާ ބޯޓު ފަހަރެވެ. އެ ބޮންބާޑިއާއިން މި އެވޯޑް ދެނީ އެ ކުންފުނިން ބަލާ މިންގަނޑު ތަކުން އެންމެ މަތިން މާކްސް ހޯދުމުން ނެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކާއި ބޭރުގެ ބައެއް ގައުމުތަކަށް ވެސް ދަތުރު ކުރަމުންނެވެ.