އުމަރު ނަސީރު

ރާއްޖޭގައި އިންޑިއާގެ ސިފައިން 5000 އަށް އިތުރުކުރާނެ: އުމަރު

ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދު 5000 އަށް ސަރުކާރުން އިތުރު ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ، އިންޑިއާ ސިފައިން އިތުރު ކުރަން އިތުރު ބޮޅެއް ސަރުކާރުން އެއް ކޮށްފައިވާ ކަމަށެވެ. އެ ބޮޅަކީ ސެނަހިޔާ ތަރައްގީ ކުރަން އިންޑިއާ ސިފައިންނާއި މަޝްވަރާކުރުން ކަމަށެވެ.

ސެނަހިޔާ އިތުރަށް ތަރައްގީ ކުރަން އިންޑިއާގެ ސިފައިންނާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދް ދީދީ ވަނީ މިދިޔަ އާދިއްތަ ދުވަހު މަޝްވަރާ ކުރައްވާފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އަބަދުވެސް ދެކޮޅު އުމަރް އިތުރަށް ވިދާޅުވީ، ރާއްޖެގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާނެ ކަމަށެވެ. މިއަހަރު މާޗު މަހު ކޯސްޓް ގާޑުން ބުނެފައިވަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކެޕްޓަރު ބެލެހެއްޓުމަށް އިންޑިއާގެ 50 ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވުމަށް މީގެކުރިން އުމަރު ނަސީރު ވަނީ "އިންޑިއާ ސިފައިން ފައިބާ" ގެ ނަމުގައި ހަރަކާތެއް ވެސް ބާއްވަން ވެސް މަސައްކަތް ކޮށްފަ އެވެ.