ހަބަރު

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށް ބޭފުޅަކުލައިފި

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް އައްޔަން ކުރެއްވީ މިހާރު ފަޅުވެފައިވާ ރ. ކަނދޮޅުދޫ ރިހިތަޅާގެެއަށް ނިސްބަތްވާ އަހުމަދު މުހައްމަދުފުޅެވެ.

އަހުމަދު މި މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހީމް ދީދީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޖަލުތަކާއި ޕެރޯލްގެ ގާނޫނު ގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓާ އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އަހުމަދު އަކީ ބެޗެލާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ހާސިލް ކުރެއްވުމަށްފަހު، މާސްޓާ އިން ސޯޝަލް ޕޮލިސީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމުގަ އެވެ. އަދި އޭނާ އަކީ ޖަލުތައް އޮޑިޓްކުރަން އެކުލަވާލި ކޮމިޝަންގެ މެމްބަރެކެވެ.

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަކީ މީހުން ބަންދުކުރާ ތަންތަނުގެ ހާލަތާއި އެ ތަންތަނުގައި ކަންހިނގާ ގޮތް ބަލައި ހޯމް މިނިސްޓަރަށް ރިޕޯޓްކުރުމަށް އައްޔަންކުރާ ބޭފުޅެކެވެ.