މިނިވަން ދުވަސް

ތަފާތު ކުލަގަދަ ހަރަކާތްތަކަކާ އެކު މިނިވަން އުފާ ކާނިވާ ހުޅުވައިފި

މިނިވަން ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ "މިނިވަން އުފާ" ކާނިވާ މިރޭ ހުޅުވައިފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މިނިވަން އުފާ ކާނިވާ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ހޯމް މިނިސްޓްރީއާއި އާބަންކޯ އިން އިންތިޒާމުކޮށްފައިވާ މި ކާނިވާ ކުރިއަށް ގެންދާނީ މިރެއިން ފެށިގެން ކުރިއަށް އޮތް އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

ކާނިވާ ހުޅުވުމަށްފަހު ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އަކާއި ޕެރަމޮޓޯ ހަރަކާތަކާއި އަދި ހަވާގެ ކުޅިވަރުތައް ކުރިއަށް ގެންދިޔަ އެވެ.

މިއަހަރަކީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުނު އަހަރެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގައެވެ.