ހަބަރު

ކައުންސިލް އިންތިހާބަށް ފަހު ޝަރީފު އީސީން ވަކިވަނީ

May 16, 2019
5

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީދު އާދަމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ އޭނާ ހުންނަވައިގެން އީސީގައި ޒިންމާތައް އަދާ ކުރެއްވުނު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މެންބަރުން ކަމުން އިސްތިއުފާދެއްވުމަށް މިހާރުން ފެށިގެން ނިންމެވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ އެ ފުރުސަތު އަލުން ހޯއްދަވަން ކަމަށެވެ.

ޝަރީފަކީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއެކު ސިޔާސީ ހަރާކާތްތަކުގައި ބައިވެވެ ވަޑައިގެންނެވި ބޭފުޅެކެވެ.