ސިއްހަތު

ވިޓަމިން ސީގެ ފައިދާ: އުމުރު ވެސް ދިގުކޮށްދޭ

Jul 18, 2015

ވިޓަމިން ސީ އަކީ ހަށިގަނޑު ރައްކާތެރިކުރުމުގައި އަދި ހަށިގަނޑަށް ބޭނުންވާ ފައިދާތައް ހޯދައި ދިނުމުގައި ވެސް ނިކަން މުހިންމު ރޯލެއް އަދާކުރާ ވިޓަމިނެކެވެ. ފަހަރެއްގައި އާދައިގެ ރޯގާއާ ދެކޮޅަށް ވިޓަމިން ސީގެ މާ ބޮޑު ބޭނުމެއް ނުހިފިދާނެ އެވެ. ނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބެލެހެއްޓުމުގަ އާއި ހިތުގެ ތަފާތު އެކި ބަލިތަކާ ދެކޮޅަށް ވެސް މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ.

މާބަނޑު ދުވަސްވަރުގައި އަންހެން މީހާ ވެސް މުހިންމު ވިޓަމިނެކެވެ. އަދި ލޮލުގެ ބަލިތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ އިތުރުން ހަންގަނޑު މުސްކުޅިވުމާ ދެކޮޅަށް ވެސް ހަރަކާތެރިވާ ވިޓަމިނެކެވެ.

ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުން ވިޓަމިން ސީ ލިއްބައިދޭ މޭވާ އާއި ތަރުކާރީ ގަވާއިދުން ނަގާ މީހާގެ އުމުރު ވެސް، މި ގޮތަށް މޭވާ އާއި ތަރުކާރީ ގަވާއިދުން ނުނަގާ މީހާ އަށް ވުރެ ދިގުވެ އެވެ. ހިތުގެ މައްސަލަތައް 15 ޕަސެންޓަށް ދަށްކޮށްދޭއިރު އުމުރުގެ ކުރީކޮޅު ފުރާނަ އަށް ނުރައްކާވާ ފަދަ ބަލިތަކެއް ޖެހުމުގެ ނިސްބަތް ވެސް 20 ޕަސެންޓަށް ދަށްކޮށްދެ އެވެ.

ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވަނީ ދުވާލެއްގެ މައްޗަށް 500 މިލިގްރާމްގެ ވިޓަމިން ސީ އެވެ. ބައެއް ތަޖުރިބާކާރުން ބުނަނީ އެ މިންވަރަކީ 75-90 މިލިގްރާމް ކަމަށެވެ. އަދި 500 މިލިގްރާމްގެ ވިޓަމިން ސީ ދުވާލެއްގެ މައްޗަށް ނެގިޔަސް ސިއްހީ ގޮތުން ނުރައްކަލެއް ނެތް ކަމަށެވެ.

ކަންބޮޑުވުމާއި ބޯ ހާސްވުމުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހާގެ ފިކުރުތައް ދުރުކޮށް ސިކުނޑި ހަމަ ޖައްސާލުމަށް ވިޓަމިން ސީ ވަރެއް ނޯންނާނެ އެވެ.

ކުރިން ވެސް ދެންނެވި ފަދައިން ރޯގާ އަށް އެންމެ ރަނގަޅު ފަރުވާއަކަށް ވިޓަމިން ސީ ނުވެދާނެ އެވެ. ނަމަވެސް ރޯގާ އާއި ހުމުގެ މައްސަލަ އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުމަށް ވިޓަމިން ސީގެ ބޭނުން ހިފިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ވިޓަމިން ސީ އިން ދިފާއީ ނިޒާމް ވަރުގަދަކޮށްދޭއިރު ހިތުގެ މައްސަލަތަކަށް ވެސް ލުޔެއް ލިބި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެ އެވެ. ލޭގައި ވިޓަމިން ސީގެ ނިސްބަތް ގަދަވުމަކީ ސްޓްރޯގެ ފުރުސަތު 40 ޕަސެންޓަށް ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

މިއީ ހަށިގަނޑު އުފެދި ތަރައްގީވުމުގަ އާއި ހަށިގަނޑުގެ ބޮޑީ ޓިޝޫތައް ރިޕެއާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން ހަށިގަނޑަށް ގެއްލުންދޭ އެކި މާއްދާތަކާ ދެކޮޅަށް ވެސް ވިޓަމިން ސީ ހަރަކާތްތެރިވެ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކޮށްގެން ލިބޭ ގެއްލުން ކުޑަކުރުމަށް ވިޓަމިން ސީގެ ފަރުވާ ނެގިދާނެ އެވެ.

ސްޓްރޯބެރީސް، ޓޮމާޓޯ، ބްރޮކޯލީ، ވައިޓް ޕޮޓޭޓޯސް، ސްވީޓް ޕޮޓޭޓޯސް، ފަޅޯ، އަނބު، ކަރާ، ކޮލިފްލާވާ، ކެބެޖު، ރާސްބެރީސް، އަލަނާސި ފަދަ މޭވާ އާއި ތަރުކާރީ އަކީ ވިޓަމިން ސީ އަށް މަޝްހޫރު ބާވަތްތަކެވެ.