ރޯދައޭ..

ފައިސާއިން ފިޠުރު ޒަކާތް ދެވިދާނެތަ؟

Mar 21, 2025
6
ޒަކާތުގެ މޭޒެއް: ފައިސާއިން ވެސް ޒަކާތް ނެރެވޭނެ -- ފޮޓޯ: އަވަސް
0%
0%
0%

ފައިސާ އިން ފިޠުރު ޒަކާތް ދެވިދާނެ ހެއްޔެވެ؟

އިމާމު އަބޫޙަނީފާ އާއި އިމާމު ޙަސަނުލްބަޞްރީ އާއި އިމާމު ސުފިޔާން ޘައުރީ އާއި އިމާމު ބުޚާރީއާއި ޚަލީފާ ޢުމަރު ބުނި ޢަބްދުލްޢަޒީޒާއި އިމާމު ޢަޠާއު އާއި މާލިކީ މަޒްހަބުގެ ބައެއް ދަންނަބޭކަލުންނާއި މިއެންމެހައި ބޭކަލުން ވިދާޅުވަނީ ފައިސާ އިން ފިޠުރު ޒަކާތް ނެރުން ހުއްދަ ކަމުގަ އެވެ. އެއީ ފަޤީރު މީހާގެ މަޞްލަޙަތަށް ބަލައި އެވެ. އެހެނީ އެއްފަހަރާ ގިނަ ކާތަކެތި ލިބުމަށް ވުރެ ފައިސާ ލިބިއްޖެނަމަ އޭނާ އަށާއި އޭނާގެ އަބިދަރީންނަށް ބޭނުންވާ ޟަރޫރީ އެހެން ތަކެތި ގަތުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. މިހެންކަމުން ފައިސާ އިން ފިޠުރު ޒަކާތް ނެރުމަކީ ހުއްދަވެގެންވާ ކަމެކެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910