ޕިކަޕު ތަކާއި ލޮރީތަކުގެ ފަހަތު ފިލާއިން ފެންނަނީ މިހެން ލިޔެފައި ވަނިކޮށެވެ. "ކާޕެޓް ތަ؟ ޕްރޮކްސީ!" މިއީ ކޮން ތަނެއް ހެއްޔެވެ؟ މިއީ، ގަލޮޅު ނީލޯފަރު މަގުގައި ހުންނަ ބޮޑު ފިހާރަ އެކެވެ. ގާތްގަނޑަކަށް ދެހާސް އަކަފޫޓުގެ މި ޝޯރޫމް ފުރާލާފައިވަނީ، ޒަމާނީ ގެތަކާއި އޮފީސް ތަކުގެ އިތުރުން އެކި ވިޔަފާރި މޮޑެލްް ތަކުގެ އިންޓީރިއާ ސާމާނުންނެވެ. ޕްރޮކްސީ ހޯމް ހާއްސަ ވަނީ "ޓޯޓަލް ސޮލިއުޝަން" ދޭ ތަނެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެން މި ތަނުން މި ދެނީ އިންޓީރިއާގެ ޓޯޓަލް ސޮލިއުޝަން. އަޅުގަނޑުމެންގެ އަތުގައި ހުންނާނެ އިންޓީރިއާ އަށް ބޭނުންވާ ފްލޯރިން އިން ފެށިގެން ވޯލް ޕޭޕަރ އާއި ކާޕެޓުގެ ގިނަ ވަތްތަރު ތަކެއް. ޔޫރަޕްގެ ގިނަ އުފެއްދުންތަށް ލިބޭނެ މިތަނުން." ޕްރޮކްސީ ހޯމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު އަވަސް އަށް ވިދާޅުވި އެވެ.
ޕްރޮގްސީ ހޯމް، މިހާރު ފިހާރައެއްގެ ގޮތުގައި ފެނުނަސް "ޕްރޮކްސީ" ނަމަކީ ދެހާހުގެ އަހަރުތަކުގައި އިމާރާތް ކުރުމުގެ ދާއިރާގައި މަގުބޫލު ނަމެކެވެ. އޭރުވެސް މިހާރެކޭ އެއްގޮތަށް ހިދުމަތް ދިނުމާއި މަސައްކަތުގެ ފެންވަރުގައި ޕްރޮކްސީ އޮތީ ވަރަށް މަތީގަ އެވެ. އާއްމުންގެ އިތުބާރުހުރި ބްރޭންޑެއްގެ ގޮތުގަ އެވެ. މިގޮތުން، ވޯޓާ ބަންގަލޯތަކާއެކު މިހާރުގެ ފެންވަރަށް ތަރައްގީ ކޮށް 2010 ވަނަ އަހަރު ހުޅުވި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓް ޕްރޮޖެކްޓަކީ ޕްރޮކްސީ އިން ކާމިޔާބު ކަމާއި އެކު ނިންމައި "ޓާންކީ" ޕްރޮޖެކްޓެކެވެ. މީގެ އިތުރުން ވެސް މެއިން ކޮންޓަރެކްޓަރެއްގެ ގޮތުގައި ހަކުރާ ހުރާ އަދި ދޮންވެލި ބީޗް ރިސޯޓާއި ވެލާވަރު ރިސޯޓް އަދި ކަނޑޫމާ ފަދަ ރައްރަށުގެ ކޮންސްޓްރަކްޝަން އަދި އިންޓީރިއާ ޕްރޮޖެކްޓްތަށް ވަނީ ކާމިޔާބުކަމާއި އެކު ނިއްމާފަ އެވެ.
"ޕްރޮޖެކްޓް މެނޭޖްމަންޓަކީ ވެސް އަޅުގަޑުމެންގެ ސްޕެޝިއަލިޓީ އޭރިއާ އެއް. އެގޮތުން އިންޓަނޭޝަނަލް ޗެއިންތަކުގެ ބައެއް ރިސޯޓްތައް ތަޅުދަޑިޔާއި ހަމަ އަށް، ހުރިހާ މަރުހަލާއެއްގައި ޕްރޮޖެކްޓް މެނޭޖް ކޮށްދީފައިވާނެ." ޝާހިދު ވިދާޅުވިއެވެ.
މިހާރު އެ ކުންފުނިން މި ވަނީ އަނެއްކާ "ޕްރޮކްސީ ހޯމް" ގެ ނަމުގައި އާއްމު ގޭ ބިސީތަކާ ވެސް ގާތްވެފަ އެވެ. ސުވާލަކީ މިހާރު ޕްރޮކްސީގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟
"ކޮންސްޓްރަކްޝަންގެ ތެރެ އިން ފެށި މަސައްކަތް އެއްކޮށް ހުއްޓުނީ އެއް ނޫން. އޭގެ ފަހުން ބޭނުންވީ މި ފަންނުގައި ކަސްޓަމަރުންނަށް ބޭނުންވާނެ އެހެން ރިސޯސްތައް ފޯރުކޮށް ދޭން. މިގޮތުން މީގެ ތެރެ އިން ފެޅި ގޮތްޕެއް ޕްރޮކްސީ ހޯމްއަކީ،" ޕްރޮކްސީ ހޯމް އުފެދުނު ގޮތް ޝާހިދު ވިދާޅުވެ ދެއްވި އެވެ.
އިންޓީރިއާ ސޮލިއުޝަންގެ އެންމެ ރީތި
ޝާހިދު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު އުފެއްދި ޕްރޮކްސީ ހޯމް އިން ޒަމާނީ އެޕާޓްމަނޓްތައްް އަދި ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން އޮފީސްތަކަށް ބޭނުންވާ ފްލޯރިންގ އަދި އިންޓީރިއާގެ ޓޯޓަލް ސޮލިއުޝަން ފޯރުކޮށްދެމުން ގެންދެ އެވެ.
"ގެސްޓް ހައުސް، ރިސޯޓުތަކާއި، އޮފީސްތައް އަދި ބޮޑެތި ކުންފުނިތަކަކީ މި މާކެޓްގެ ބޮޑު ބައެއް. ފިހާރަތަކާއި ހޮޓާތަކަކީ ވެސް ހަމަ މިހާރު އެންމެ ފުޅާކޮށް މި ހިދުމަތް ހޯދާ ކަސްޓަމަރުން. އެންމެ މަގުބޫލީ އަޅުގަނޑުމެންގެ ފްލޯރިން. ރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކުން އަޅުގަނޑުމެންގެ ފްލޯރިން ފެންނަން ހުންނާނެ،" ޝާހިދު ވިދާޅުވި އެވެ.
"ޕްރޮކްސީ ހޯމް އަޅުގަނޑުމެން ރަޖިސްޓްރީ ކުރީ މި ހިދުމަތް އިތުރަށް ފުޅާ ކުރަން. ހައުސް ހޯލްޑް ލެވަލްގައި [ގޭގެއަށް] ވެސް މި ހިދުމަތް ދިނުމަށް. އަލަށް އެޕާޓްމަންޓަކަށް ބަދަލުވާ މީހަކު ބޭނުން ވަނީ ހަމައެކަނި ކޮޓަރި ނޫނީ ސިޓިން ރޫމްގެ އިންޓީރިއާ ހަދާލަން. އެ ހިދުމަތް ވެސް މިހާރު އަޅުގަނޑުމެން ފޯރުކޮއްދެމުން މި ދަނި."
ފެންވަރު ރަނގަޅު- ޔޫރަޕުގެ އުފެއްދުންތައް
ޕްރޮކްސީ ހޯމް އިން މި ހިދުމަތް ދެނީ ހަމައެކަނި ރާއްޖޭގައި ތިބެގެންނެއް ނޫނެވެ. އެ ކުންފުނީގެ ރެޕްރެޒެންޓޭޓިވް އޮފީސް މެލޭޝިއާ އާއި ސިންގަޕޫރުގައި ވެސް ހުރެ އެވެ. އެ ތަންތަނުގައި ވެސް ތިބެނީ ޕްރޮކްސީގެ މުވައްޒިފުންނެވެ. އެހެންވެ، ކަސްޓަމަރު ބޭނުންވާ ކޮންމެ ޕްރޮޑަކްޓެއް ބޭނުން ވަގުތެއްގައި ހޯދާލައިގެން ގެނައުމުގެ ގާބިލްކަން ޕްރޮކްސީ ހޯމް އަށް އޮވެ އެވެ. އެކަން ކުރަނީ ކަސްޓަމަރުންނަށް ވީހާ ވެސް އަވަސް ހިދުމަތެއް ފޯރުކޮށް ދިނުމަށެވެ.
"އެންމެ ބޮޑު ޔަގީން ކަމަކީ މިތަނުން ވިއްކާ ޕްރޮޑަކްޓްތަކުގެ ކޮލިޓީ. މިއީ ފެންވަރު ރަނގަޅު ޕްރޮޑަކްޓް ތަކެއް. ޔޫރަޕުގައި މަޝްހޫރު ބްރޭންޑްތައް. ފްލޯރިންގައި ބޭނުން ކުރާ ޕާކޭއަކީ ސުވިޒް ޕްރޮޑަކްޓެއް. ވިނެލް ފްލޯޯރިންގައި މި ގެންގުޅޭނީ ކޮރެއާގެ އެންމެ މަގުބޫލު ބްރޭންޑް. ކާޕެޓުގައި މި ގެންގުޅެނީ ބެލްޖިއަމް، އިރާން އާއި ތުރުކީ ފަދަ ގައުމުތަކުގެ ކާޕެޓުތައް. މިއީ ކާޕެޓު އުފައްދަން އެންމެ މަޝްހޫރު ގައުމުތައް، ވޯލް ޕޭޕަރ އަދި ވޯލް ކަވަރިންގްސް އަކީ މެލޭޝިއާ، ކޮރެއާ، ޖާމަނީ އަދި ޔޫއެސްއޭ ގެ އުފެއްދުންތަށް." ޝާހިދު ވިދާޅުވި އެވެ.
ކާޕެޓުގައި އަދި މާ ނަން މަޝްހޫރު
ޕްރޮކްސީ ހޯމްގައި ކާޕެޓުގެ 100 އަށްވުރެ ގިނަ ވައްތަރު، ހަމައެހާ ގިނަ ޝޭޑް އާއި ޑިޒައިން ހުރެ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ޕްރޮކްސީ ދަންނަނީ ކާޕެޓުގެ ތަނެއްގެ ގޮތުގައެވެ، އެހެންވެ ކާޕެޓަށް ބޮޑު ޝައުގުވެރި ކަންދޭ ކަމަށެވެ. އަދި މި ރޯދަ މަހާ ދިމާކޮށް ރާއްޖޭގައި ގިނަ މިސްކިތް ތަކަށް ކާޕެޓު ފޯރުކޮށްދިނީ ވެސް ޕްރޮކްސީ އިން ނެވެ.
ޕްރޮަޑަކްޓްތަކުގެ އަގު އެކަށީގެންވޭ
ޕްރޮކްސީ ހޯމްގައި އެކި ޕްރޮޑަކްޓްތަކުގެ ކޯނާތަށް ހުރެއެވެ. ވޯލްޕޭޕަރ އޭރިއާގައިވާ ކެޓެލޮގުތަކުގައި، ހާހުން ގުނާލެވޭ ވަރަށް ތަފާތު ޑިޒަިންތަކުގެ ވޯލްޕޭޕާ ވައްތަރުތަށް ފެއްނަން އެބަހުއްޓެވެ. އަދި ކާޕެޓު ސެކްޝަނުގައިވާ ކާޕެޓް ކުލަތަކާއި ފަރުމާތައް ސަތޭކައަށްވުރެ ގިނަ އެވެ. އަދި ހަމައެހެންމެ ދޮރުފޮއްޗާއި އެހެނިހެން ޕްރޮޑަކްޓްތަކުގެ ނަން ލިސްޓު ދިގެވެ. ސުވާލަކީ މި ތަކެތީގެ އަގު ކިހިނެއްވާނެ ހެއްޔެވެ ؟
ޕްރޮކްސީ ހޯމްގެ އެންމެ ހާއްސަ ކަމަކީ މިއެވެ. ކަސްޓަމަރު ބޭނުންވާނެ އެކަށީގެންވާ އަގުގައި ޕްރޮޑަކްޓްތައް ލިބެން ހުރުމެވެ. އަދި އޮތް ހިތްހަމަ ޖެހުމަކީ މި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުވުމެވެ. މި ޔަގީންކަމާއެކު ޕްރޮކްސީ ހޯމް މިވަނީ "އިންޓީރިއާ ޓޯޓަލް ސޮލިއުޝަންގެ" އެންމެ އުހުގަ އެވެ. އެންމެ ރީތި އުފެއްދުންތަކާއެކު ކަސްޓަމަރުންގެ ހިތް އުފާ ކޮށްދިނުމުގައި ހަމަ ޕްރޮކްސީ ވަރެއްނެތެވެ.