ކަނޑުމަތީގެ ހާދިސާ

ދޯންޏެއްގެ ކޮންޓްރޯލް ގެއްލި ތިން ލޯންޗަކަށް ގެއްލުން

Jun 4, 2019
4

މާލެ އަތޮޅު ހުރާ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓްގައި ދޯންޏަށާއި ތިން ލޯންޗަށް އެކިވަރުގެ ބޮޑެތި ގެއްލުން ވެއްޖެ އެވެ. ނުރައްކާތެރި މި ހާދިސާގައި އެއްވެސް މިހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރު ހުރާ ފަޅުތެރޭގައި މި އެކްސިޑެންޓް ހިނގީ އެ ދޯނި ޖެޓީއާ ކައިރި ކުރަން އުޅުމުގެ ތެރޭ ދޯނީގެ އިންޖީނުގެ ގިޔަރުގެ ނަރު ކަނޑައިގެން ދިއުމުގެ ސަބަބުން ދޯނި ކޮންޓްރޯލް ނުކުރެވިގެނެވެ.

މި ހާދިސާގައި ދޯނި ޖެހުނު ފުރަތަމަ ލޯންޗުގެ ކަނާތް ފަރާތުގެ ދެ ތަނަކުން ފަޅައިގެން ގޮސް މަތީ ދަގަނޑުތައް ލެނބިފައިވާ އިރު ސަތަރިގަނޑު ނެއްޓިފައި ވެއެވެ. އަދި ވާތް ފަރާތުން ލޯންޗުގެ މަތީ ރެނދުލާފައި ވެއެވެ.

ދެވަނަ ލޯންޗުގެ ދެފަރާތް ގޭނި ތަންގަނޑެއް ނެއްޓިފައިވާއިރު ތިންވަނަ ލޯންޗްގެ ސަތަރިގަނޑު ނައްޓައިގެން ގޮސްފައި ވއެވެ.

ދޯނި ދުއްވަން ހުރީ ކަނޑު އުޅަނދުގެ ލައިސަންސްވެސް އޮތް މީހެވެ.