މޯލްޑިވްސް ޕޮލިސް ސާވިސް

މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

މާލޭގެ ކަނޑުތޮށީގައި މަސް ބާނަން ހުރި މީހަކު އެ ދިމާއިން މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޒުއްދީން ފާލަމާއި ދިމާލުން ބޭރު ތޮށި މަތީގައި މަސްބާނަން ހުރި މީހަކު މިއަދު ހެނދުނު އައި ކޮޅިގަނޑުގެ ތެރޭގައި މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ހެނދުނު 6:00 ޖެހި އިރު ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ.

އެމީހާއަކީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މޫދުން ނަގައި އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތާމަވެރި ހާދިސަތައް ދަނީ ހިނގަމުންނެވެ. އެގޮތުން ލޯންޗެއް ބަންޑުން ޖަހައި މީހަކު މަރުވެފައިވާއިރު ކުޑަ ކުއްޖަކު ވަނީ ކަނޑަށް ގެއްލިފަ އެވެ.