އެކްސިޑެންޓް

ގަހެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގަލޮޅުގެ ރެސްޓޯރެންޓެއްގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ވެެއްޓިފައިވަނީ ސަލްސާ ތައި ރެސްޓޯރެންޓުގައި ހުރި ނިކަގަހެއް ކަމަށެވެ. އެ ރެސްޓޯރަންޓްގެ ގޯތިތެރޭގައި ހުރި ގަސް ވެެއްޓުމާއި ގުޅިގެން ބޭރު ފާރުވެސް ވަނީ ވެއްޓިފައެވެ.

ފާރު ވެއްޓުނީ އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށް ކަމަށެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރު 12:34 ހާއިރު އެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ސައިކަލުތަކަށް ވަނީ ގެއްލުން ވެފަ އެވެ.

ސަލްސާ ތައި ރެސްޓޯރެންޓު ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

އަވަސްއަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު ފާރު ވެއްޓިފައިވަނީ ހަތަރު ސައިކަލެއްގެ މައްޗަށެވެ. ސައިކަލްތަކަށް ބޮޑެތި ގެއްލުން ވެފައިވެއެވެ.