ހަބަރު

ދޯންޏެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކަށް އަނިޔާވެއްޖެ

Jun 8, 2019
2

ޕެރަޑައިސް އައިލެންޑް ރިސޯޓް ކައިރީ އޮންނަ މަންތާ ޑައިވިން ޕޮއިންޓަށް ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ފައިގައި ދޯންޏެއްގެ ބުރަފަތިން ޖެހި އެ މީހާ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ އެނބޫދޫ ފިނޮޅު ޑައިވިން ސްކޫލުގެ ފަރާތުން މަންތާ ޕޮއިންޓަށް ޑައިވިންއަށް ގޮސް އުޅުނީ ޖަރުމަނު މީހެއް ކަމަށާއި ޕެރެޑައިސް ރިސޯޓުގެ ދޯންޏެއްގެ ބުރަފަތިން އޭނާގެ ފައިގައި ޖެހި ޒަހަމް ވެގެން މިއަދު ހެނދުނު 10:35 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އޭނާ މިހާރު ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.