ހުޅުމާލެ ނެރު ކައިރީގައި ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގައި އެތަނުން އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އަނިޔާވީ ދެ ފިރިހެނުންނަށެވެ. މި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.