ހުޅުމާލޭގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މޫދަށް ގެނބުނީ ހުޅުމާލެ ޓްރެކް ސަރަހައްދުގައި ފަތަން އުޅުނު ފިރިހެނަކު ކަމަށެވެ. ހާދިސާ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ޖަހާ އެހާކަންހާއިރު އެވެ.
ގެނބުނު މީހާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ނެވެ. އޭނާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ. މި ހާދިސާ ހިނގި އިރު ރ. ފައިނުގައި އުމުރުން ހަތަރު އަހަރު ކުޑަކުއްޖަކު ގެނބިގެން އިއްޔެ ވަނީ މަރުވަ އެވެ.