މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ ނެރު ކައިރިން ލޯންޗެއް އުރިއްޖެ

Oct 7, 2019

ހުޅުމާލޭ ނެރުކައިރިން ލޯންޗެއް އުރި ނެރުމައްޗަށް ބިއްވެއްޖެ އެވެ. ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ތިން މީހުނާއެކު ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރި ލޯންޗެއް ހުޅުމާލެ ނެރު ކައިރިއަށް އުރިފައިވާ ކަމަށާއި ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިރޭ 7:40 އެހާކަންހާއިރު އެވެ.