ހުޅުމާލެ ކައިރީގައި ޑައިވިންކޮށްފައި ފެނުން މައްޗަށް އެރިވަގުތު ޑައިވިންއަށް ދިޔަ ދޯނީގެ ބުރަފަތީގައި ޖެހި މީހެއްގެ ފައި ބުރިވެއްޖެ އެވެ.
މިހާދިސާގައި އަނިޔާވީ އެމެރިކާއަށް ނިސްބަތްވާ 63 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އަންހެން މީހާގެ ފައި ބުރަފަތީގައި ޖެހުމާ ގުޅިގެން އެ މީހާގެ އެއް ފައިގެ ކަކުލުން ތިރިން އެއްކޮށް ބުރިވެފައިވާ ކަމަށެވެ.
މިއަދު ހެނދުނު 8:30 ހާއިރު ހިނގި މިހާދިސާއަށްފަހު އަނިޔާވި މީހާއަށް ފަރުވާ ދެމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ގައެވެ.
ފުލުހުން ބުނީ މިހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.