ހަބަރު

އިލްކެޓްރިސިޓީ ތަންފީޒު ކުރުމުގެ މަޝްވަރާތައް ފަށައިފި

Jun 10, 2019
1

ސާކް ކައުންސިލް އޮފް އެކްސްޕާޓްސް އޮފް އެނާޖީ ރެގިއުލޭޓާސް (އިލެކްޓްރިސިޓީ) ގެ މިއަދު މާލޭގައި ފަށައިފި އެވެ.

މިއަދު ހޮޓެލް ޖެންގައި ފެށި ބައްދަލުވުމަކީ އިލްކެޓްރިސިޓީ ތަންފީޒުކޮށް ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަރަންޓު ގަނެ ވިއްކުމުގެ ބާޒާރެއް އުފައްދައި އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމަށް މަގުފަހިކޮށް ދޭން އެކުލަވާލެވިފައިވާ ޑްރާފްޓް މަގުޗާޓު ފައިނަލް ކުރަން މަޝްވަރާކުރާ ބައްދަލުވުމެކެވެ.

އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓުގައި ސާކް މެންބަރު ގައުމުތަކުގެ މެދުގައި ހަކަތައިގެ ގުޅުން ވަރުގަދަ ކުރަން ސާކް ފްރޭމްވޯކް އެގްރީމަންޓެއް ވަނީ އެކުލަވާލާފައެވެ.

އަދި ސާކްގެ ގައުމުތަކުގެ މެދުގައި އެ ގައުމެއްގެ ގާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން، ވޮލަންޓަރީކޮށް ކަރަންޓު ގަނެވިއްކުމަށް 2014 ވަނަ އަހަރު ރާއްޖޭގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.