ހަބަރު

ކުޑަ ކުއްޖަކާ ބެހިގެން މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މި މައްސަލައާ ގުޅިގެން ރާއްޖޭގެ މެދު އަތޮޅުތަކުގެ އަތޮޅެއްގެ ރަށަކުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. ތުހުމަތަށް މީހަކު ހައްޔަރު ކުރީ މިދިއަ މަހުގެ 25 ވަނަ ދުވަހު ފުލުހަށް އެ މައްސަލަ ހުށަޅެޅުމުން ކަމަށް ވެސް ފުލުހުން ވަޓްސްއެޕްގައި ހަދައިގެން އުޅޭ މީިޑިއާ ގްރޫޕްގައި މިއަދު ބުންޏެވެ.

މި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރުގެ ދަށުން މީހަކު ހައްޔަރު ކުރީ ވެސް މިއަދު އެވެ. އެއީ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފަހަަކަށް އައިސް ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރައިގެ ތަފާތު މައްސަަލަތައް ދަނީ ފެންމަތި ވަމުންނެވެ.