އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ގިނަ ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހއ. އދ. އަދި ށ. އަތޮޅުގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީން ވަނީ ކުޑަ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކުއްޖާއަށް މިނިސްޓްރީން ވަނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.