އުތުރުގެ ރަށެއްގައި މީހަކު ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަައި ހައްޔަރު ކޮށްފި އެވެ.
މުދިމެއްގެ ގޮތު މަސައްކަތް ކުރާ އެ މީހާ ނިސްބަތްވާ ރަށުގެ ކައުންސިލްގެ ރައީސް އަވަސްއަށް ވިދާޅުވީ މި މަސައްލައިގައި އެ މީހާ ހައްޔަރުކުރީ ރޭ ކަމަށެވެ.
ފުލުހުން ބުނީ 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހު 26 ވަނަ ދުވަހު ހުށަހަޅި ކަމަށާއި އަދި މި މައްސަލައިގައި 38 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާަ ކަމަށެވެ.