ވިޔަފާރި

އެޗްއާރު އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

Jul 2, 2019

މީހުން ބިނާ ކުރުމުގެ ދާއިރާ އިން ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރިއެއް އެވޯޑު ކަމަށްވާ "އެޗްއާރު އެވޯޑް 2019" އަށް ކުރިމަތިލާން ހުޅުވާލައިފިި އެވެ.

ހިއުމަން ރިސޯސް ދާއިރާ އިން މި އެވޯޑު ދެނީ ދިވެހި ކުންފުންޏެއް ކަމަށްވާ އެޗްއާރު މޯލްޑިވްސް އިންނެވެ.

އެޗްއާރު މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި މި އެވޯޑުގެ ބައިތަކަށް ނޮމިނޭޓް ކުރުމުގެ ފުރުސަތު އޮގަސްޓް 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. މި އެވޯޑު ދެނީ ވަޒިފާއަށް ދިވެހިން އުފައްދަން މަސައްކަތް ކުރާ ވަކިވަކި ފަރުދުންނާއި ކުންފުނި އަދި ޖަމާއަތްތަކުގެ އަގު ވަޒަން ކުރާށެވެ.

މި އެވޯޑު ވަކިވަކި ކުންފުނިތަކާއި ފަރުދުންނަށް ވެސް ދެ އެވެ.

އެވޯޑުގައި ހިމެނޭ ބައިތައް

  • ޑައިވާސިޓީ އެންޑް އިންކްލޫޝަން
  • ސޯޝަލް މީޑިއާ - ޕީޕަލް ޕްރެކްޓިސް
  • ޓެލެންޓް
  • ލާނިން އެންޑް ޑިވްލޮޕްމަންޓް
  • ހެލްތް އެންޑް ވެލްނަސް
  • ނެކްސް ޖެނެރޭޝަން އެމްޕްލޯއީމަންޓް އިނީޝިއޭޓިވް
  • އެޗްއާރު ޓީމް އޮފް ދި އިޔާ
  • އެމްޕޯއިމަންޓް އޮފް ދި އިޔާ

އެވޯޑުގެ ވަކިވަކި ފަރުންދުގެ ބައި

  • އެޗްއާރު ޗެމްޕިއަން
  • އެޗްއާރު ޑިރެކްޓާ އޮފް ދި އިޔާ
  • އެޗްއާރު މެނޭޖަރު އޮފް ދި އިޔާ
  • އެޗްއާރު ޕްރެކްޓިޝަނާ އޮފް ދި އިޔާ
  • އެޗްއާރު ރެއިޒިން ސްޓާ އޮފް ދި އިޔާ
  • އެޗްއާރު ވިމެންސް

އެޗްއާރު އެވޯޑަށް ހުށަހަޅާ އެޕްލިކޭޝަންތައް ތިން ލެވެލެއްގައި އިވެލުއޭޓް ކުރާނެ އެވެ. މި އެވޯޑަށް ނޮމިނޭޓް ކުރާ ފަރާތް ތަކުން އެޗްއާރު މޯލްޑިވްސް ގެ ވެބްސައިޓުން އެޕްލައި ކުރެވޭނެ އެވެ.

އެޗްއާރު އެވޯޑް އެންމެ ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަަ އަހަރު އެޗްއާރު ދާއިރާ އިން އެންމެ ގިނަ ޓްރެއިނިން ހިންގާފައިވާ ފަރާތަށް ދޭ އެވޯޑު ލިބުނީ ވިލާ ކޮލެޖަށެވެ. އަދި އެކްސެލެންސް އިން ސޯސަލް މީޑިއާ ޕީޕަލްސް ޕްރެކްޓިސް އެވޯޑު ޖުމެއިރާ ވިޓަވެލި ރިސޯޓާއި އޭޑީކޭ ހޮސްޕިޓަލަށް ލިބިފައިވެ އެވެ.