ލައިފްސްޓައިލް

ބޮޑީގާޑްގައި ބައިވެރިވާން ޑަޔާނާ ބޭނުންފުޅުވި: ކޮސްނާ

Jul 3, 2019
3

ކާމިޔާބު ފިލްމު "ދަ ބޮޑީގާޑް" ގެ ރޯލެއްގައި އިނގިރޭސި ވިލާތުގެ ޕްރިންސެސް ޑަޔާނާ މަސައްކަތް ކުރައްވާފާނެތޯ ބަލަން ހުށަހެޅި ކަމަށާއި އެ ކަމަނާގެ ޝައުގުވެރިކަން އޭރު އެކަމަށް ވަރަށް ބޮޑަށް ހުރި ކަމަށް ކެވިން ކޮސްނާ ބުނެފި އެވެ.

ކޮސްނާ ބުނީ އޭނާއާއެކު ބޮޑީގާޑުގެ މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ޕްރިންސެސް ޑަޔާނަށް ފޯނުން ގުޅައި އިހުތިރާމާއެކު ވާހަކަ ދެކެވުނު ކަމަށާއި އެކަމަނާ ބައެއް ސުވާލުތައް އައްސަވާ ސާފު ކުރެއްވި ކަމަށެވެ. އެގޮތުން ގާތްގޯޅި މަންޒަރުތަކާއި، ދޮން ދިނުން ފިލްުމުގައި ހިމެނޭތޯ އެއްސެވި ކަމަށެވެ.

ކޮސްނާ ބުނީ އެކަމަނާ ޖެހިލުންވެ ވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް ފިލްމުގެ މަސައްކަތުގައި ބައިވެރިވާ ގޮތަށް ކުރިޔަށް ވަޑައިގެންނެވި ކަމަށެވެ.

ކޮސްނާ ބުނީ ޕެރިހުގައި ކާރު އެކްސިޑެންޓެއްވެ އެކަމަނާ އަވަހާރަވީ ފިލްމުގެ ސްކްރިޕްޓު ލިބުމުގެ އެއް ދުވަސް ކުރިންނެވެ. ފަހުން ޑަޔާނާގެ ބަދަލުގައި އެ ފިލްމުން ފެނިގެން ދިޔައީ، ވިޓްނީ ހޫސްޓަން އެވެ.

ދަ ބޮޑީގާޑް ފިލްމަކީ 1992 ވަނަ އަހަރު އެންމެ ހިނގި އެއް ފިލްމެވެ. މި ފިލްމަށް 411 މިލިއަން ޑޮލަރު ލިބުނެވެ. އޭގެ ތެރެއިން 121 މިލިއަން ޑޮލަރަކީ ސިނާމާތަކުގައި އަޅުވައިގެން ލިބުނު ވަރެވެ.